ދިރާގު ދިވެހި ޕްރިމިއާ ލީގުގައި އިއްޔެ ހަވީރު ކުޅުނު މެޗުގައި ކްލަބު ގްރީން ސްޓްރީޓްސް ކައިރިން ވިކްޓްރީ މޮޅުވި އިރު، ރޭ އީގަލްސްއިން އޮޑި ސްޕޯޓްސް ކްލަބު ބަލިކޮށްފިއެވެ.
ރޭގެ ނަތީޖާއާއެކު މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނަށް ވަނީ އެއްވަނައިގައި ހަ ޕޮއިންޓްގެ ލީޑެއް ލިބިފައެވެ. މާޒިޔާ އަށް 12 މެޗުން 34 ޕޮއިންޓް ލިބިފައިވާއިރު، އޮޑި އަށް 12 މެޗުން ލިބިފައިވަނީ 28 ޕޮއިންޓެވެ.
ވިކްޓްރީންވެސް ރަނގަޅު ފޯމެއް ދަމަހައްޓަމުން އަންނަ އިރު، އެޓީމުން ވަނީ ދެވަނަ ބުރުގައި އީގަލްސް، ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް އަދި ގްރީން ސްޓްރީޓްސް ބަލިކޮށްފައެވެ. އެ ތިން މޮޅާ އެކު، ލީގުގެ 12 މެޗުން ލިބުނު 19 ޕޮއިންޓާއެކު ވިކްޓަރީ އޮތީ ހަވަނައިގައެވެ.
އިއްޔެ ވިކްޓްރީން 4-1 އިން ގްރީން ބަލިކުރި އިރު، ވިކްޓްރީގެ ގޯލްތައް ޖެހީ މިލޯސް ލަކްނީއާއި އަލީ ޝާމިސް (ތޮއްޕެ) އަދި އަބްދުﷲ މިދުހަތު ފަހުމީއެވެ. މިލޯސް ވަނީ މެޗުގައި ދެ ގޯލް ޖަހައިފައެވެ.
ގްރީންގެ ހަމައެކަނި ގޯލް ޖެހީ ރިލުވާން ވަހީދު (ރިލޭ)އެވެ.
ރޭ އީގަލްސްއިން އޮޑި ބަލިކުރީ 2-0 އިންނެވެ. ފުރަތަމަ ހާފުގައި ޒައިން ޒަފަރް އީގަލްސްއަށް ލީޑު ނަގައިދިން އިރު، ދެވަނަ ހާފުގައި ދެވަނަ ގޯލް ޖެހީ އިބްރާހީމް ލެބީއެވެ.
ދިވެހި ޕްރިމިއާ ލީގު
ދިވެހި ޕްރިމިއާ ލީގު
ދިވެހި ޕްރިމިއާ ލީގު
ދިވެހި ޕްރިމިއާ ލީގު