ހުއްދަނެތި ވިޔަފާރިކުރާ ކަމުގެ ތުހުމަތަށް ދެ ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އަފްޖަލް ހޮސައިން، 31، އާއި ހަބީބުރު ރަހްމާން، 34، އެވެ.

މި ދެމީހުންގެ ބަންދަށް ކުރިމިނަލް ކޯޓުން ވަނީ 15 ދުވަސް ޖަހައިފައެވެ.

ކްރިމިނަލް ކޯޓުން ނެރުނު އަމުރުތަކުގައިވާ ގޮތުގައި މި މީހުންގެ ވިޔަފާރިއާ ބެހޭ ގޮތުން ފުލުހުންގެ ތަފްސީލީ އިންޓެލިޖެންސް ރިޕޯޓެއް ހުށަހަޅާފައިވެއެވެ. އަދި މިއީ ގިނަ ބަޔަކު ބައިވެރިވެގެން ހިންގަމުން އަންނަ ވިޔަފާރިއެއް ކަމަށާއި މިކަމުގައި ގިނަ އަދަދެއްގެ ފައިސާ ދައުރުކޮށް ބޭނުންކޮށްފައިވާކަން އެނގޭ ކަމަށް ވެސް ބުނެފައިވެއެވެ.

ކޯޓު އަމުރުގައިވާ ގޮތުން ދެ މީހުން ވެސް ވަނީ ލައިސަންސް ނުނަގައި ވިޔަފާރިކުރާ ކަމުގެ ތުހުމަތަށް އިންކާރުކޮށްފައެވެ.