ބޯންމައުތަށް ކުޅެމުންދާ އެންޓޮއިން ސެމެންޔޯ ހޯދުމަށް އިނގިރޭސި ގިނަ ކްލަބުތަކަކުން މަސައްކަތް ކުރަމުންދާ ކަމަށް ނޫސްތައް ބުނެފިއެވެ.
ސެމެންޔޯ، 25، ހޯދުމަށް މަސައްކަތް ކުރާ ޓީމުތަކުގެ ތެރޭގައި މެންޗެސްޓާ ޔުނައިޓެޑް، ލިވަޕޫލްގެ އިތުރުން ޓޮޓެންހަމް އަދި ޗެލްސީ ހިމެނޭ ކަމަށް ނޫސްތައް ބުނެފައިވެއެވެ. އޭގެ ތެރެއިން ޗެލްސީ މިހާރު ވަނީ ސެމެންޔޯ ހޯދުމުގެ މަސައްކަތް ހުއްޓާލައިފައެވެ.
ބީބީސީ ސްޕޯޓްސްއިން ބުނީ ސެމެންޔޯ ހޯދުމުގެ ރޭހުގައި އެންމެ ކުރީގައި މިވަގުތު އުޅެނީ ސިޓީ ކަމަށެވެ. އެ ނޫހުން ބުނީ ސިޓީން މިހާރު ކްލަބާއެކު އެއްބަސްވުމަކާ ގާތަށް ޖެހިލާފައިވާ ކަމަށާއި، އެ ޑީލް ނިމިއްޖެ ނަމަ، ކުޅުންތެރިޔާއާއެކު މަޝްވަރާ ފަށަން ތައްޔާރު ވެފައިވާ ކަމަށެވެ.
ހަބަރުތައް ބުނީ ސެމެންޔޯ ކްލަބުގައި ބަހައްޓަން ބޭނުންވާ ނަމަވެސް، ރަނގަޅު ހުށަހެޅުމެއް ލިބިއްޖެނަމަ، ފޮނުވާލަން ތައްޔާރު ކަމަށެވެ.
ސެމެންޔޯއަކީ މިވަގުތު ލީގުގައި އެންމެ ފޯމު ރަނގަޅު އެއް ކުޅުންތެރިޔާއެވެ. މިދިޔަ ސީޒަނުގައިވެސް އޭނާގެ ވިދުން ގަދަވެފައިވާ އިރު، އެ ސީޒަން ނިމުމުންވެސް ކްލަބުތަކުން ވަނީ ސެމެންޔޯއަށް ލޯ އަޅައިފައެވެ.
ޓްރާންސް ޓޯކްސް
ޓްރާންސް ޓޯކްސް
ޓްރާންސް ޓޯކްސް
ޓްރާންސް ޓޯކްސް