މާލޭގައި ކުރިއަށްދާ ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން (ކާވާ) ވިމެންސް ކަޕްގެ ސެމީ ފައިނަލް ދެވަނަ މެޗުގައި ރާއްޖެއިން ތިން ސެޓުން ބަންގްލަދޭޝް ބަލިކޮށްފިއެވެ.
މިރޭ ސޯޝަލް ސެންޓަރުގެ އެތެރޭ ކޯޓުގައި ކުޅުނު މެޗުން ބަންގްލަދޭޝް ކައިރިން ރާއްޖެ މޮޅުވީ، 25-17، 25-12 އަދި 25-12 އިން ސެޓުތައް ގެންގޮސްގެންނެވެ.
ރާއްޖޭން ލީގު ބުރުގެވެސް އެއްވަނަ ހޯދި އިރު، ކުރިން ބަންގްލަދޭޝްގެ އިތުރުން އަފްގާނިސްތާން ބަލިކުރީވެސް ސީދާ ތިން ސެޓުންނެވެ. އަދި ލީގު ބުރުގައިވެސް ކިރިގިސްތާން ބަލިކުރީ 3-1 ސެޓުންނެވެ. އެ ފޯމުގައި ރާއްޖޭން ސެމީއަށް ނުކުތް އިރު، މިރޭގެ މެޗުވެސް މޮޅުވީ ޔަގީންކަމާއެކުގައެވެ.
މިރޭގެ މެޗުގެ ފުރަތަމަ ސެޓުގައި ބަންގްލަދޭޝްއަށް ކުޑަކޮށް ވާދަކޮށްލެވުނު ނަމަވެސް، ދެން ކުޅުނު ދެ ސެޓުގައިވެސް ރާއްޖެއަށް އެއްވެސް ޕްރެޝަރެއް ނެތެވެ. މިރޭގެ މެޗުގައިވެސް ސެޓަރު ޖޫޒާން ޒަރީރުގެ މޮޅު ކުޅުމެއް ފެނިގެން ގޮސްފައިވާ އިރު، ކެޕްޓަން ހައްވާ ރާޝިދާ (ހައްވަ) އާއި ނަރީމާ އިދުރީސްގެ އެޓޭކްތައް ފާހަގަކޮށްލެވުނެވެ.
ފުރަތަމަ ސެމީ ފައިނަލް މިއަދު ހަވީރު ކުޅެފައިވާ އިރު، އެމެޗުން ކިރިގިސްތާނުން އަފްގާނިސްތާން ބަލިކުރީ 3-1 ސެޓުންނެވެ.
މުޙައްމަދު ޝަމްޢޫން
ކާވާ ކަޕް
ކާވާ ކަޕް
ކާވާ ކަޕް
ކާވާ ކަޕް