ވ.އަތޮޅު ކުދަންބަރާ ކައިރީގައި އޮތް "ޔަސާވާ ޕްރިންސަސް" ނަމަކަށް ކިޔާ ސަފާރީއެއްގައި ރޯވެ އަނދަން ފަށައިފިއެވެ.
އެމްއެންޑީއެފުން ބުނީ އަލިފާން ނިއްވުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ.
ފުލުހުން ބުނީ އެ ސަފާރީގައި އަލިފާން ރޯވެފައިވާކަމުގެ މައުލޫމާތު 17:54 އެހާކަންހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ. އަދި މައުލޫމާތު ލިބުމާއެކު ފުލުހުން ވަނީ އެ ސަރަހައްދަށް ގޮސް ސަފާރީގައި ތިބި މީހުންނާއި ފަޅުވެރިން ސަލާމަތްކޮށް ފެލިދުއަށް ގެންގޮސްފައި ކަމަށެވެ.
އޭގެ ތެރޭގައި ހިމެނެނީ 17 ފަތުރުވެރިންނާއި އަށް ފަޅުވެރިން ކަމަށެވެ. ފަތުރުވެރިންގެ ތެރޭގައި ހިމެނެނީ ފަސް ފިރިހެން ފަތުރުވެރިން އަދި އަދި 12 އަންހެން ފަތުރުވެރިން ކަމަށެވެ. ފަޅުވެރިންގެ ތެރޭގައި ތިން ދިވެހިންނާއި ފަސް ބަންގްލަދޭޝް މީހުން އަދި ޖަރުމަނު މީހެއް ހިމެނޭ ކަމަށެވެ.
ފުލުހުން އިތުރަށް ބުނީ ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާ ކަމަށާއި ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.
އާއިޝަތު މާހާ
އަލިފާނުގެ ހާދިސާ
އަލިފާނުގެ ހާދިސާ
އަލިފާނުގެ ހާދިސާ
އަލިފާނުގެ ހާދިސާ