ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ކުޅުނު މެޗުގައި ބުރު ސްޕޯޓްސް ކްލަބުނ ކްލަބު އީގަލްސް ބަލިކޮށްފިއެވެ.
މިއަދު ގައުމީ ދަނޑުގައި ކުޅުނު މެޗުގައި 3-2 އިން ބުރުން އީގަލްސް ބަލިކުރި އިރު، އެ މޮޅާއެކު ބުރު ވަނީ ތިން ވަނައަށް ޖެހިލައިފައެވެ. ބުރަށް 11 މެޗުން 20 ޕޮއިންޓް ލިބިފައިވާ އިރު، ކުރިން ތިން ވަނައިގައި އޮތް ނިއު ރޭޑިއަށްޓަށްވެސް 11 މެޗުން 20 ޕޮއިންޓް ލިބިފައިވެއެވެ.
އެ ދެޓީމުގެ ފަރަގަކީ ފައިދާ ގޯލްގެ ފަރަގެވެ.
ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުންވެސް ގޯލް ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކުރިއެވެ. އީގަލްސްގެ އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) އަށް ރަނގަޅު ފުރުސަތެއް ލިބި ބޭކާރުވި އިރު، އަނެއްކޮޅުން ބުރުގެ މުހައްމަދު ނާއިމް ޖެހި ހިލޭ ޖެހުމެއް ގޯލަކާ ގާތަށް ޖެހިލިއެވެ.
އީގަލްސްއިން ވަނީ ދެވަނަ ހާފު ފެށިގެން ފަސްވަނަ މިނިޓުގައި ލީޑު ނަގައިފައެވެ. އެ ގޯލް ޖަހައިދިނީ ފޭދޫ އިއްބެއެވެ.
ބުރުން އެއްވަރުކުރީ މެޗުގެ 83 ވަނަ މިނިޓްގައި ނާއިމް ޖެހި ގޯލުންނެވެ. އޭގެ ތިން މިނިޓް ފަހުން، ބުރުން ނަތީޖާ އަނބުރާލީ އިބްރާހިމް އުސާމާ ހަސަން މަޖީދު ޖެހި ގޯލުންނެވެ. ހާފުގެ މެދެއްހާ ހިސާބުން ބުރުގެ އަހުމަދު އަބްދުﷲ (ލިލީ) ފޮނުވާލި ބޯޅަ، ކީޕަރު އަޝްވާން އަތުގައި ޖެހިފައި، ހުރަސްދަނޑީގައި ޖެހި ނުކުތް ވަގުތު، ރީބައުންސްގައި އުސާމާ ވަނީ ބޯޅަ ގޯލަށް ވައްދާލައިފައެވެ.
އިތުރު ވަގުތުގައި ނާއިމް، ބުރަށް ތިންވަނަ ގޯލެއް ޖަހައިދިން އިރު އީގަލްސްއިން އެއްވަރު ކުރެވޭތޯ ކުރި މަސައްކަތުގައި ޝަމްވީލް ގާސިމް (ބޮންޑާ) ގޯލެއް ޖެހި ނަމަވެސް، އެޓީމަށް މެޗު އެއްވަރެއް ނުކުރެވުނެވެ.
މިވަގުތު އީގަލްސް އޮތީ ހަވަނައިގައެވެ. އެއީ 11 މެޗުން 13 ޕޮއިންޓާއެކުގައެވެ.
ދިވެހި ޕްރިމިއާ ލީގު
ދިވެހި ޕްރިމިއާ ލީގު
ދިވެހި ޕްރިމިއާ ލީގު
ދިވެހި ޕްރިމިއާ ލީގު