އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓާ ޔުނައިޓެޑުން ކުޅުނު މެޗުގައި މެންޗެސްޓާ ޔުނައިޓެޑުން ރޭ ބޯންމައުތު ކައިރިން އެއްވަރުވެއްޖެއެވެ.
ޔުނައިޓެޑުން އަމިއްލަ ދަނޑުގައި ރޭ ބޯންމައުތާ އެއްވަރުވީ 4-4 ގެ ނަތީޖާއަކުންނެވެ.
ފޯރިގަދަކޮށް ފެނުނު މެޗުން ލިބުނު ޕޮއިންޓާއެކު ޔުނައިޓެޑަށް އެރުނީ ހަވަނައާ ހަމައަށެވެ. އެއީ 16 މެޗުން 26 ޕޮއިންޓާއެކުގައެވެ. ރޭގެ މެޗުން މޮޅުވެ، ޔުނައިޓެޑަށް ފަސްވަނައަށް އެރެން އޮތް ނަމަވެސް، މިވަގުތު ފަސްވަނައިގައި އޮތީ ކްރިސްޓަލް ޕެލެސްއެވެ. އެއީވެސް 16 މެޗުން 26 ޕޮއިންޓާއެކު، ފައިދާ ގޯލްގެ ފަރަގުންނެވެ.
ފުރަތަމަ ހާފުވެސް ފޯރިގަދަވެގެން ގޮސްފައިވާ އިރު، 13 ވަނަ މިނެޓުގައި ޔުނައިޓެޑުން ލީޑު ނެގީ އަމަޑް ޑިއާލޯއެވެ. އޭނާ ބޮލުން ޖެހި ގޯލާއެކު ޔުނައިޓެޑުން ލީޑު ނެގި ނަމަވެސް، ހާފު ނިމެން ދަނިކޮށް، އެންޓޮއިން ސެމެންޔޯ ޖެހި ގޯލުން ބޯންމައުތު އެއްވަރުކުރިއެވެ. އެހެން ނަމަވެސް ހާފު ނިންމާލީ ޔުނައިޓެޑުން އަލުން ލީޑޫ ނަގައިގެންނެވެ.
އެ ގޯލް ޖަހައިދިނީ ކަސެމީރޯއެވެ. ކަސަމޭރޯއަށް ފުރުސަތު ތަނަވަސްކޮށްދިނީ ބްރޫނޯ ފެނާންޑޭޒްއެވެ.
ޔުނައިޓެޑުން ލީޑުގައި ފުރަތަމަ ހާފު ނިންމާލި ނަމަވެސް، ދެވަނަ ހާފުގެ ކުރީކޮޅުގައި ބޯންމައުތުން ހާލަތު ބަދަލުކޮށްލިއެވެ. އެވަނިލްސަންއާއި މާކަސް ޓަވާނިއާ ޖެހި ގޯލްތަކުން މެޗުގެ ނަތީޖާ އެނބުރިގެން ދިޔަ ނަމަވެސް، އަނެއްކާވެސް ދެން ފެނުނީ ޔުނައިޓެޑްގެ ދެ ގޯލެވެ.
ފެނާންޑޭޒްގެ ހިލޭ ޖެހުމެއްގެ އިތުރުން މަތެއަސް ކޫންޏާގެ ގޯލުން ޔުނައިޓެޑުން ދެވަނަ ފަހަރަށް މެޗު އަނބުރާލި ނަމަވެސް، އެލީ ޖޫނިއާ ކްރޫޕީ ފަހު ވަގުތު ޖެހި ގޯލުން ބޯންމައުތު އަނެއްކާވެސް އެއްވަރުކުރިއެވެ.
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު