ރ. ދުވާފަރު ބަނދަރު ބޮޑުކުރުމުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.
ދުވާފަރު ބަނދަރު ބޮޑުކުރުމުގެ އަމަލީ މަސައްކަތް ފަށާފައިވަނީ 44 ވަނަ މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދެކަނބަލުން ދުވާފަރަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން މިއަދު އެ ރަށަށް ވަޑައިގެން ބޭއްވި ރަސްމިއްޔާތެއްގައެވެ.
ދުވާފަރު ބަނދަރު ބޮޑުކުރުމުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބެވެ.
މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ 142.11 މިލިއަން ރުފިޔާއަށް 450 ދުވަހުން ނިންމާހަވާލުކުރާގޮތަށެވެ.
މި މަސައްކަތުގެ ދަށުން ކުރުމަށް ނިންމާފައިވާ މަސައްކަތްތައް:
- 62،264 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ފަޅު އަދި ނެރު ފުންކުރުން.
- 343 މީޓަރުގެ ތޮއްޓެއް ބޭރުތެރެއަށް ޖެހުން.
- 285 މީޓަރުގެ ތޮއްޓެއް އެތެރެވަރިއަށް ޖެހުން.
- 180 މީޓަރު ދިގު 1.5 މީޓަރު ފުޅާ ޖެޓީއެއް ހެދުމުގެ މަސައްކަތް.
5000 އަށްވުރެ ގިނަ މީހުންގެ އާބާދީއެއް ދިރިއުޅޭ ދުވާފަރަކީ މަސްވެރިކަން ކުރާ ގިނަ ބަޔަކު އުޅޭ ރަށަކަށް ވުމުން އެ ރަށުގެ ބަނދަރު ބޮޑު ކުރުމުގެ މަޝްރޫއުގެ ސަބަބުން ދުވާފަރުގެ ބަނދަރު ބޭނުންކުރުމުގައި މަސްވެރިންނަށް މިހާރު ދިމާވާ ދަތިތަކަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ.
ފާތިމަތު ލިއުޝާ
ރ. ދުވާފަރު
ރ. ދުވާފަރު
ރ. ދުވާފަރު
ރ. ދުވާފަރު