ފީނަން ފޭބި މީހަކު ހާލު ދެރެވެ މަރުވެއްޖެއެވެ.

ފުލުހުން މިރޭ ބުނީ މިއަދު 15:20 އެހާކަންހާއިރު ށ. އަތޮޅު ކަނޑުގެ ސަރަހައްދުގައި މަހަށް ނުކުމެއުޅުނު ރ. ދުވާފަރު ދޯންޏަކުން ފީނަން ފޭބި މީހަކު ދޯންޏަށް އެރިފަހުން، ހާލު ދެރަވެގެން ށ. މަރޮށި ސިއްހީ މަރުކަަށް ގެންދިޔަކަމުގެ ރިޕޯޓު ލިބުނު ކަމަށެވެ.

ސިއްހީ މަރުކަޒަށް ގެންދިޔައިރުވެސް އެ މީހާ މަރުވެފައިވާކަމަށް ސިއްހީ މަރުކަޒުން ފުލުހުންނަށް މައުލޫމާތު ދީފައިވާކަމަށް ފުލުހުން ބުންޏެވެ.

މަރުވެފައިވަނީ ރ. ދުވާފަރު، ލިލީމާގެ މުހައްމަދު ޝައްފާން (30އ) އެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.