ޖަލުތަކުގައި ތިބޭ ގައިދީން ގުޅާނަމަ، ނަމްބަރު ހިއްސާކުރުމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީން އެދިއްޖެއެވެ.
އެ މިނިސްޓްރީން މިއަދު ނެރުނު އިއުލާނެއްގައި ބުނީ ޖަލުތަކުގައި ތިބޭ ގައިދީން އެކި ފަރާތްތަކަށް ގުޅައި ގާނޫނާއި ގަވައިދާ ހިލާފު އަމަލުތައް ހިންގަމުންގެންދާކަން އެ މުއައްސަސާއަށް ފާހަގަކުރެވިފައިވާ ކަމަށެވެ.
އެކަމަށް ހައްލު ހޯދައިދިނުމަށް ސަރުކާރުން ވަނީ އެފަދަ ކޯލުތައް ރިޕޯޓުުރެވޭނެ މަގު ފަހިކޮށްފައި ކަމަށް މިނިސްޓްރީން ބުންޏެވެ.
އެހެންކަމުން ޖަލުތަކުން ލިބޭ ކޯލެއްކަން ޝައްކުވާ ނަމަ، މިނިސްޓްރީން އެކަމަށް ހާއްސަކޮށްފައިވާ އޮންލައިން ޕްލެޓްފޯމަށް އެ ނަމްބަރު ހިއްސާކުރުމަށް ވަނީ އެދިފައެވެ.
މީގެ ކުރިންވެސް، އާންމު ރައްޔިތުންނަށް ޖަލުތަކުން ކޯލުތައްކޮށްގެން އޮޅުވާލައިގެން އެކިި ފަރާތްތަކުގެ އަތުން ފައިސާއަށް އެދި، ޖަލުތަކުގައި ތިބޭ މީހުންނަށާއި އެމީހުންނާ ގުޅުންހުރި ފަރާތްތަކުގެ އެކައުންޓުތަކަށް ޖަމާކޮށް ގިނަ އަދަދެއްގެ ފައިސާ ނަގާ މައްސަލަތައް ފެންމަތިވެފައިވެއެވެ.
ފާތިމަތު ލިއުޝާ
މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ
މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ
މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ
މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ