ވަގަށް އެތެރެކުރުމުން ކަސްޓަމްސްއިން ހިފަހައްޓާފައި ހުރި ދެ ކޮންޓެއިނަރުގެ ސިނގިރޭޓު، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ބަނދަރުގައި ބަހައްޓާފައި ހުއްޓައި ގެއްލުނު މައްސަލައިގައި ހައްޔަރުކުރި 11 މީހުންނަށް ދައުވާކުރަން އެދި ޕްރިސިކިއުޓާ ޖެނެރަލްގެ އޮފީސް (ޕީޖީ) އަށް ފޮނުވައިފިއެވެ.
އެ މައްސަލައިގައި ހައްޔަރުކުރި މީހުން:
- އަހުމަދު އާރިފް (61އ)، މއ. އެވާގްލޯރީ - އޭނާއަކީ ލޮޓަސްގެ ވެރިޔާ
- މުއާޒް އަލީ (48އ)، ހ. ނިއު ހެޕިނަސް - އޭނާއަކީ ކަސްޓަމްސްގެ ކުރީގެ ސީނިއާ ސުޕްރިންޓެންޑެންޓް
- ޒިވާރް އިސްމާއީލް (40އ)، މެދުރީގެ، ހދ. ވައިކަރަދޫ - އޭނާއަކީ ކަސްޓަމްސްގެ ސީނިއާ އޮފިސަރެއް
- އަހްމަދު ފިރުސާން (35އ) ހ. ރުމޭނިޔާ / މާލެ - އޭނާއަކީ އެމްޕީއެލްގެ މުވައްޒަފެއް
- އާދަމް ވަހީދު (54އ)، ކެނެރީގެ / ނ. މިލަދޫ - އޭނާއަކީ ކޮންޓޭނަރުތައް އުފުލި ދޯނީގެ ކެޕްޓަން ކަމަށް ތުހުމަތުކުރެވޭ މީހާ
- މުހައްމަދު ވަހީދު (65އ)، ދިގަލި، ބ. އޭދަފުށި - އޭނާއަކީ އެޕޯލޯގެ ވެރިޔާ/ ވައްކަމަށް ފަންޑުކުރިކަމަށްވެސް ތުހުމަތުކުރޭ
- ހަސަން އަބްދުއްރަހްމާން (52އ)، ލިންކް، ކ. ތުލުސްދޫ
- ބަންގުލަދޭޝްގެ ރައްޔިތެއް ކަމަށްވާ މުހައްމަދު އަލަމިން މިއާ (36އ)
- އަހްމަދު ޝަހީމް (42އ)، ނޫރަލީގެ / ހދ. ވައިކަރަދޫ - އޭނާއަކީ އެމްޕީއެލްގެ މުވައްޒަފެއް
- ހުސައިން ސާމިހު (35އ)، ޗާނދަނީގެ / ސ. ހިތަދޫ - އޭނާއަކީ އެމްޕީއެލްގެ މުވައްޒަފެއް
ޕީޖީ އޮފީހުން މިއަދު ބުނީ އެ އެންމެންގެ މައްޗަށް ވެސް ދައުވާކޮށްދޭން އެދި، އެ އޮފީހަށް ފޮނުވާފައިވާ ކަމަށެވެ. ނަމަވެސް މިހާތަނަށް ދައުވާކުރުމާ މެދު ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ގޮތެއް ވަކި ނުނިންމަ އެވެ.
ޕީޖީ އޮފީހުން ބުނީ ގާނޫނުގައި ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ދައުވާކޮށް މައްސަލަ ކޯޓަށް ހުށަހަޅާނެ ކަމަށެވެ.
ސިނގިރޭޓު ވައްކަމުގެ މީހުންނަށް ދައުވާކުރަން ފޮނުވި އިރު، އެ މައްސަލައިގައި ހިމެނޭ ތިން މީހަކު ޕީޖީގެ އެދުމަށް މިއަދު ވަނީ ކޯޓުން ދޫކޮށްލައިފައެވެ.
އެމްޕީއެލްގެ ހުޅުމާލެ އިންޓަނޭޝަނަލް ޓާމިނަލުން އެ ދެ ކޮންޓެއިންނަރު ތެރޭގައި ހުރި ސިނގިރޭޓް ވަގަށް ނެގި މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ މިދިޔަ އޮކްޓޫބަރު މަހުގެ ނުވަ ވަނަ ދުވަހުއެވެ.
އެނގިފައިވާ ގޮތުގައި ގެއްލިފައިވަނީ 40 ފޫޓުގެ ދެ ކޮންޓެއިނަރެއްގައި ހުރި 1،360 ކޭސް ސިނގިރޭޓެވެ. އެއީ ޖުމުލަ 13،600،000 ސިނގިރޭޓު ސްޓިކެވެ. އެ ސިނގިރޭޓަކީ އިމްޕޯޓް ޑިއުޓީގެ ގޮތުގައި 100 މިލިއަން ރުފިޔާއަށްވުރެ ބޮޑު އަދަދެއް ދައުލަތަށް ލިބޭނެ މުދަލެވެ.
އަލީ ޔާމިން
ޕޮލިސް
ޕޮލިސް
ޕޮލިސް
ޕޮލިސް