މާލޭގައި، ގަވާއިދާހިލާފަށް ސިނގިރޭޓް ވިއްކަމުން ދިޔަ ދެ ތަނެއް ބަންދުކޮށްފިއެވެ.
ފުލުހުން މިރޭ ބުނީ، އިކޮނޮމިކް މިނިސްޓްރީ، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)، އިމިގްރޭޝަން އަދި ކަސްޓަމްސްއާ ގުޅިގެން އޮޕަރޭޝަނެއް ހިންގާ އިރު، އެއީ ގަވާއިދާހިލާފަށް ވިޔަފާރިތައް ހިންގަމުންދާ ފަރާތްތަކަށް އަމާޒުކޮށްގެން ހިންގާ އޮޕަރޭޝަނެއް ކަމަށެވެ.
އެ އޮޕަރޭޝަންގެ ތެރެއިން މިއަދު 10 ތަނެއް ބަލައިފާސްކޮށްފައިވާކަމަށް ފުލުހުން ބުންޏެވެ. އޭގެ ތެރެއިން ދެ ތަނެއް ބަންދުކޮށްފައިވާ ކަމަށާއި އެއް ތަނަކަށް ނޯޓިސް ދިނުމަށްފަހު ކަންކަން ރަނގަޅުކުރުމަށް ނޯޓިސް ދީފައިވާނެކަމަށް ފުލުހުން ބުންޏެވެ.
"ބަންދުކޮށްފައިވާ ދެ ތަނަކީ ގަވާއިދާ ހިލާފަށް ދުންފަތުގެ ބާވަތްތައް ވިއްކަމުންދިޔަ ދެ ތަންކަން ފާހަގަކުރެވިފައިވޭ. އަދި ދެ ތަނުންވެސް ދުންފަތުގެ ބާވަތްތައް ފެނިފައިވޭ،". ފުލުހުން ބުންޏެވެ.
މީގެ އިތުރުން ފުލުހުން ބުނީ ބިދޭސީއަކުވެސް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ ކަމަށެވެ.
މުހައްމަދު އިޝާން
ޕޮލިސް
ޕޮލިސް
ޕޮލިސް
ޕޮލިސް