ސްޕެނިޝް ލީގުގައި ރޭ ރެއާލް މެޑްރިޑުން ކުޅުނު މެޗުގައި ސެލްޓަ ވީގޯ ކައިރިން ބަލިވެއްޖެއެވެ.
ރޭ ރެއާލުން އަމިއްލަ ދަނޑުގައި ބަލިވީ 2-0 ގެ ނަތީޖާއަކުންނެވެ. އެނަތީޖާއާއެކު ރެއާލް ދެވަނައިގައި އޮތީ 16 މެޗުން 36 ޕޮއިންޓާއެކުގައެވެ. ބާސެލޯނާއިން މިވަގުތު 16 މެޗުން 40 ޕޮއިންޓާއެކު އެއްވަަނައިގައި އޮތް އިރު، މިހަފުތާގައި ވިލަރެއާލް ކުޅޭ މެޗުން މޮޅުވެ، އެޓީމަށް އެއްވަނައަށް އެރިދާނެއެވެ. އެއީ އެޓީމު ތިންވަނައިގައި އޮތީ 15 މެޗުން 35 ޕޮއިންޓާއެކުގައި ކަމަށްވާތީއެވެ.
ރެއާލުން އެންމެފަހުން ލީގުގައި ކުޅުނު ފަސް މެޗުގެ ތެރެއިން މޮޅުވީ އެންމެ މެޗަކުންނެވެ.
އެ ދަށް ފޯމާއެކު ކޯޗު ޒަބީ އެލޯންސޯއަށް ޕްރެޝަރު ބޮޑުވެފައިވާ ކަމަށް ނޫސްތަކުން ބުނެފައިވާ އިރު، ރޭގެ މެޗުގައި ޑްރާމާ ބޮޑުވީ ދެވަނަ ހާފުގައެވެ.
ދެވަނަ ހާފު ފެށިގެން މާގިނައިރެއް ނުވެ، ވިލިއޮޓް ސްވެޑްބާގް ވަނީ ސެލްޓާއަށް ލީޑު ނަގައިފައެވެ. އޭގެފަހުން 64 ވަނަ މިނެޓުގައި ރެއާލަށް އިތުރަށް އުނދަގޫ ބޮޑުވިއެވެ. އެއީ މިނެޓެއް ތެރޭގައި ފްރޭން ގާސިއާއަށް ދެ ރީނދޫ ކާޑަކާއެކު ރަތް ކާޑެއް ދެއްކުމުންނެވެ.
މެޗުގެ ރެފްރީއަށް ރެއާލުން ވަރަށް ބޮޑަށް ފާޑު ކިޔާފައިވާ އިރު، ފަހު މިނެޓު ކޮޅުގައި އަލްވާރޯ ކަރޭރާސްއަށް ދެއްކި ރަތް ކާޑާއެކު އިތުރަށް މެޗު ހޫނުވިއެވެ.
އެ ވަގުތުކޮޅުގައި ސްވެޑްބާގުގެ އިތުރު ގޯލެއް ފެނުނު އިރު، މެޗު ނިމުނީ އެންޑްރިކަށްވެސް ރަތް ކާޑަކާއެކުގައެވެ.
ސްޕެނިޝް ލަލީގާ
ސްޕެނިޝް ލަލީގާ
ސްޕެނިޝް ލަލީގާ
ސްޕެނިޝް ލަލީގާ