ސްޕެނިޝް ލީގުގައި ބާސެލޯނާއިން ރޭ ކުޅުނު މެޗުގައި ރެއާލް ބެޓިސް ކައިރިން މޮޅުވެ، އެއްވަނައިގައި ލީޑު ދަމަހައްޓައިފިއެވެ.
ބާސާއިން ރަށުން ބޭރުގައި 5-3 އިން މޮޅުވި އިރު، އެޓީމުގެ ސްޕެއިން ފޯވަޑް ފެރާން ޓޮރޭސް ވަނީ މެޗުގައި ހެޓްރިކް ފުރިހަމަ ކޮށްފައެވެ. ރޭގެ މެޗަށް ނުކުތް އިރު ބާސާއިން އެއްވަނައިގައި އޮތީ ޕޮއިންޓެއްގެ ފަރަގުން ނަމަވެސް، އެ ލީޑު ވަނީ ހަތަރު ޕޮއިންޓަށް ފުޅާކޮށްފައެވެ.
މިހާތަނަށް ކުޅުނު 16 މެޗުން ބާސާއަށް 40 ޕޮއިންޓް ލިބިފައިވާ އިރު، ރެއާލް ދެވަނައިގައި އޮތީ 15 މެޗުން 36 ޕޮއިންޓާއެކުގައެވެ.
ރޭގެ މެޗުގެ ފުރަތަމަ ކޮޅުގައި އެންތަނީގެ ގޯލަކާއެކު ބާސާއަށް ހައިރާންކަން ގެނުވި ނަމަވެސް، ފުރަތަމަ ހާފުގައި ފެރާން ވަނީ ހެޓްރިކް ފުރިހަމަކޮށްފައެވެ. 11 ވަނަ މިނެޓުގައި ޖޫލް ރޫނީ ބާޑްޖީގެ ޕާހުން ފެރާން ގޯލް ޖެހި އިރު، އޭގެ އިރުކޮޅެއްފަހުން ރޫނީ ވަނީ ގޯލް ޖަހައިފައެވެ.
އޭގެފަހުން ހާފު ނިމުމުގެ ކުރިން ފެރާން ޖެހި ދެ ގޯލަށް އެސިސްޓް ކޮށްދިނީ ޕެޑްރީއެވެ.
ދެވަނަ ހާފުގެ ކުރީކޮޅުގައި ބާސާއަށް ލިބުނު ޕެނަލްޓީއެއްގައި ލެމީން ޔަމާލް އިތުރު ގޯލެއް ޖެހި އިރު، މެޗު އަނބުރާލެވޭތޯ ކުރި މަސައްކަތުގައި ޑިއޭގޯ ލޮރެންޓޭއާއި ޖުއާން ހެނާންޑޭޒްގެ ގޯލްތައް ފެނިގެން ދިޔައެވެ. އެ ގޯލްތަަކާއެކުވެސް ބާސާއިން ވަނީ ފަސޭހަކަމާއެކު ހިފަހައްޓާލިއެވެ.
ސްޕެނިޝް ލަލީގާ
ސްޕެނިޝް ލަލީގާ
ސްޕެނިޝް ލަލީގާ
ސްޕެނިޝް ލަލީގާ