އިނގިރޭސި ޕްރިމިއާ ލީގުގެ އެއްވަނައިގައި އޮތް އާސެނަލުން ރޭ ކުޅުނު މެޗުން ބަލިވުމުގެ ފައިދާ ނަގައި، މެންޗެސްޓާ ސިޓީން ފަރަގު ކުޑަކޮށްފިއެވެ.
ރޭ އާސެނަލުން އެސްޓަން ވިލާއާ ދެކޮޅަށް ރަށުން ބޭރުގައި ކުޅުނު މެޗުން ފަހު ސިކުންތުގައި ބަލިވީ 2-1 އިންނެވެ. އެ ބައްޔާއެކު އާސެނަލް އެއްވަނައިގައި އޮތީ 15 މެޗުން 33 ޕޮއިންޓާއެކުގައެވެ.
ދެވަނައިގައި މިވަގުތު އޮތް ސިޓީން ރޭ ކުޅުނު މެޗުގައި ސަންޑަލޭންޑް ކައިރިން 3-0 އިން މޮޅުވުމާއެކު އެޓީމު ވަނީ ދެ ޕޮއިންޓް ކައިރިއަށް ޖެހިލައިފައެވެ. އެއީ 15 މެޗުން 31 ޕޮއިންޓާއެކުގައެވެ.
އާސެނަލާއި ވިލާގެ ކުރިމަތިލުން ދާދި ހަމަހަމަކޮށް ފެނިގެން ގޮސްފައިވާ އިރު، ކުރީކޮޅުގައިވެސް ހަމަލާތައް ފެނުނެވެ. ދެޓީމުންވެސް އެޓޭކިން ކުޅުމެއްގައި ފެނިގެން ގޮސްފައިވާ އިރު، ހާފު ނިމުމުގެ ކުރިން ލީޑު ނެގީ ވިލާއިންނެވެ. މެޗުގެ 36 ވަނަ މިނެޓުގައި ވިލާއަށް ލީޑު ނަގައިދިނީ މެޓީ ކޭޝްއެވެ.
ފުރަތަމަ ހާފުގައި އިތުރު ގޯލެއް ފެނިގެން ގޮސްފައިނުވާ އިރު، 52 ވަނަ މިނެޓުގައި އާސެނަލުން އެއްވަރުކުރިއެވެ. އަރިމަތިން ބުކަޔޯ ސަކާއާއި މާޓެން އޮޑެގާޑްގެ ކުޅުމަކަށްފަހު ނެގި ހުރަސް، ގޯލަށް ވައްދާލީ ބަދަލަކަށް ނުކުތް ލެއާންޑްރޯ ޓްރޮސާޑެވެ.
އެ ގޯލަށްފަހު ދެޓީމުންވެސް ގޯލަކަށް ބުރަކޮށް މަސައްކަތް ކުރި އިރު، އާސެނަލުން އޮޑެގާޑާއި ސަކާގެ ހަމަލާތައް މޮޅު ސޭވްތަކާއެކު މަތަކުރީ އެމިލިއާނޯ މާޓިނޭޒެވެ. އަދި އަނެއްކޮޅުން ވިލާއަށްވެސް ހުސް ފުރުސަތުތަކެއް ލިބި ބޭކާރުވިއެވެ.
ފަހުވަގުތު ވިލާއިން ކުރި ޕްރެޝަރުގައި އާސެނަލުން ސަލާމަތް ނުވާ ހިސާބަށް ގޮސް، އެންމެ ފަހު ސިކުންތު ކޮޅަށް ގޯލް ޖެހީ ވިލާގެ އެމިލިއާނޯ ބުއެންޑިއާއެވެ.
ރޭގެ ބައްޔަކީ އޮގަސްޓް މަހަށްފަހު އާސެނަލަށް ލީގުގައި ކުރިމަތިވި ފުރަތަމަ ބައްޔެވެ.
ސިޓީން ކުޅުނު މެޗުގެ ތަރިޔަކީ ރަޔަން ޗަރްކީއެވެ. ފުރަތަމަ ގޯލަށް އޭނާ އެސިސްޓް ކޮށްދީގެން ޖެހީ ރުބެން ޑިއާޒެވެ. އަދި އޭގެ އިރުކޮޅެއްފަހުން ފިލް ފޮޑެންގެ ޕާހަކުން ޖޮސްކޯ ގްވާޑިއޯލް ވަނީ ސިޓީގެ ލިޑު ފުޅާކޮށްދީފައެވެ.
ދެވަނަ ހާފަށް ނުކުމެ، ތިންވަނަ ގޯލަކާއެކު ނަތީޖާ ޔަގީންކުރީ ފިލް ފޮޑެންއެވެ. އެ ގޯލަށްވެސް އެސިސްޓް ކޮށްދިނީ ފިލް ފޮޑެންއެވެ.
ޕްރިމިއާ ލީގުގެ އިތުރު މެޗުތަކަށް ބަލާ އިރު، ޗެލްސީން ބޯންމައުތާ އެއްވަރުވީ ގޯލެއް ނުޖެހިއެވެ. ޓޮޓެންހަމްއިން ބްރެންޓްފޯޑް ކައިރިން 2-0 އިން މޮޅުވި އިރު، ނިއުކާސަލްއިން ބާންލީ ބަލިކުރީ 2-1 އިންނެވެ.
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު