އެއްވެސް ހުއްޓުމެއްނެތި އިންޑިއާއަށް ތެޔޮ ވިއްކަން ތައްޔާރު ކަމަށް ރަޝިޔާ އިން ބުނެފިއެވެ.
ދިއްލީގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި ރަޝިޔާގެ ރައީސް ވްލަޑިމިއަ ޕޫޓިން ބައްދަލުކުރެއްވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން ރައީސް ޕޫޓިން ވަނީ އެގައުމުން އިންޑިއާއަަށް އެއްވެސް ހުއްޓުމެއް ނެތި ތެޔޮ ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަން ދެެއްވައިފައެވެ.
ރަޝިޔާއިން އިންޑިއާއަށް ތެޔޮ ފޯރުކޮށްދޭ މައްސަލައިގައި އެމެރިކާއިން ދަނީ އިންޑިއާއަށް ފިއްތުންތައް ކުރިމަތިކުރުވަމުންނެވެ. އެގޮތުން އިންޑިއާއިން އެމެރިކާއަށް އެތެރެކުރާ މުދަލުން ނަގާ ޓެރިފް ބޮޑުކުރުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ނިންމަވައިފައެވެ. އެގޮތަށް ނިންމަވާފައިވަނީ އިންޑިއާއިން ރަޝިޔާގެ ތެޔޮ ގަންނަ ކަމަށްބުނެ ބިރުދެއްކުމަށް ކަމަށް އޮފިޝަލުން ބުނެއެވެ.
އެެމެރިކާއިން ވަނީ އިންޑިއާގެ މުދަލުން ނަގާ ޓެރިފް ވެސް 50 ޕަސަންޓަށް އިތުރުކޮށްފައެވެ.
ރަޝިޔާއާއި ޔޫކްރޭނުން ކުރަމުންދާ ހަނގުރާމަ ނިމުމަކަށް ގެނައުމަށް އެމެރިކާ އިސްވެ އޮވެ ދެގައުމު ދެމެދު ސުލްހަ ގާއިމުކުރުމަށް މަޝްވަރާކުރަން ފަށާފައިވާ އިރު، ޕޫޓިންގެ އިންޑިއާ ދަތުރުގެ ސަބަބުން އެ މަޝްވަރާއަށް ހިޔަނި އެޅިގެން ދާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.
މުހައްމަދު އައުޒަމް
ރަޝިޔާ
ރަޝިޔާ
ރަޝިޔާ
ރަޝިޔާ