އުރުދުން އަށް ރާއްޖޭން ކަނޑައަޅާ ސަފީރުކަމަށް ޑރ. ހާލާ ހަމީދު، އަދި ފަލަސްތީނަށް ރާއްޖޭން ކަނޑައަޅުއްވާ ސަފީރަކަށް ޑރ. އިބްރާހީމް ޒުހުރީ އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

ޑރ. ހާލާއަކީ މިހާރުވެސް ހާރިޖީ ދާއިރާގައި މަސައްކަތް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. ހާލާ މިހާރު ހުންނެވީ ފޮރިން މިނިސްޓްރީގެ ބައިލެޓްރަލް ސެކްރެޓަރީގެ މަގާމުގައެވެ.

ޒުހުރީއަކީވެސް ހާރިޖީ ދާއިރާގެ ތަޖުރިބާ ލިބިފައިވާ ބޭފުޅެކެވެ. މިހާރު ހުންނެވީ ފޮރިން މިނިސްޓްރީގެ ޖޮއިންޓް ސެކްރެޓަރީގެ މަގާމުގައެވެ.