ސްޕެނިޝް ލީގުގެ އެއްވަނައިގައި އޮތް ބާސެލޯނާއިން ރޭ ކުޅުނު މެޗުގައި އެތުލެޓިކޯ މެޑްރިޑް ބަލިކޮށްފިއެވެ.
ފަހަތުން އަރައި ބާސާއިން ރޭ މޮޅުވީ 3-1 ގެ ނަތީޖާއަކުންނެވެ. އަމިއްލަ ދަނޑުގައި ބާސާއިން ރޭ ހޯދި މޮޅާއެކު އެޓީމުން ވަނީ އެއްވަނައިގައި ލީޑު ފުޅާކޮށްފައެވެ. ބާސާއަށް 15 މެޗުން 37 ޕޮއިންޓް ލިބިފައިވާ އިރު، ދެވަނައިގައި އޮތް ރެއާލް މެޑްރިޑަށް 14 މެޗުން ލިބިފައި ވަނީ 33 ޕޮއިންޓެވެ.
މެޗުން ބަލިވެ، އެތުލެޓިކޯ މެޑްރިޑް އޮތީ ހަތަރު ވަނައިގައެވެ. އެއީ 15 މެޗުން 31 ޕޮއިންޓާއެކުގައެވެ. މިވަގުތު ތިންވަނައިގައި އޮތީ ވިޔަރެެއާލެވެ. އެއީ 14 މެޗުން 32 ޕޮއިންޓާއެކުގައެވެ.
މެޗުގެ 19 ވަނަ މިނެޓުގައި ފުރަތަމަ ލީޑު ނެގީ 19 ވަނަ މިނެޓުގައެވެ. އެލެކްސް ބައެނާ ޖެހި ގޯލުން އެޓީމުން ލީޑު ނެގި އިރު، އޭގެ އިރުކޮޅެއްފަހުން ބާސާގެ ރަފީނިއާ ވަނީ އެއްވަރު ކޮށްދީފައެވެ.
ރަފީނިއާ އެ ގޯލް ޖެހީ މެދުތެރެއިން ޕެޑްރީ ދުއްވާލި ބޯޅައެއްގައި ކީޕަރު ޔޭން އޮބްލަކް ނައްޓާލުމަށްފަހުއެވެ.
މެޗުގެ ފުރަތަމަ ހާފުގެ ބޮޑުބައެއްގައި ބާސާއިން ޑޮމިނޭޓް ކޮށްގެން ކުޅެފައިވާ އިރު، ކުރީކޮޅުގައި ޕެނަލްޓީއެއް ލިބުނެވެ. އެއީ ޕަބްލޯ ބާރިއޯސް، އޮލްމޯއަށް ކުރި ފައުލަކަށް ލިބުނު ޕެނަލްޓީއެކެވެ. ޕެނަލްޓީގައި ރޮބާޓް ލެވަންޑޯސްކީ ޖެހި ބޯޅަ ދިޔައީ މާ މަތިން ބޭރަށެވެ.
ދެވަނަ ހާފުގައި ބާސާއަށް ލީޑު ނަގައިދިނީ ޑެނީ އޮލްމޯއެވެ. 65 ވަނަ މިނެޓުގައި އޮލްމޯ ލީޑު ނަގައިދިން އިރު، މެޗު ނިމެން ދަނިކޮށް ބާސާއިން ލީޑު ފުޅާކުރީ ފެރާން ޓޮރެސްގެ ގޯލާއެކުގައެވެ.
މުޙައްމަދު ޝަމްޢޫން
ސްޕެނިޝް ލަލީގާ
ސްޕެނިޝް ލަލީގާ
ސްޕެނިޝް ލަލީގާ
ސްޕެނިޝް ލަލީގާ