އެކްސިޑެންޓެއްގައި އަނިޔާވި ދެ މީހަކު، ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ކާރުކޮޅުގައި ހޮސްޕިޓަލަށް ގެންގޮސްދެއްވައިފިއެވެ.
ފުލުހުން މީޑިއާތަކަށް މިރޭ ފޮނުވި މެސެޖެއްގައި ބުނީ މާލެއިން ހުޅުމާލެއަށް ދުވާފައިދިޔަ ދެ ސައިކަލެއް ބުރިޖުމަތިން ޖެހި އެކްސިޑެންޓުވެފައިވާކަމުގެ މައުލޫމާތު މިއަދު 18:35 ހާއިރު ލިބިފައިވާ ކަމަށެވެ.
އެ އެކްސިޑެންޓުގައި އަނިޔާވެފައިވަނީ ދެ ސައިކަލުގައި ތިބި ދެ ފިރިހެނުންނަށް ކަމަށާއި އެމީހުންނަށް ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެ އެކްސިޑެންޓުގައި އަނިޔާވި މީހުންނަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އިހުސާން ވަނީ އެހީތެރިކަން ފޯރުކޮށްދެއްވާފައި ކަމަށާއި އަދި އަނިޔާވި މީހުން ހޮސްޕިޓަލަށް ގެންގޮސްފައިވަނީ މިނިސްޓަރުގެ ކާރުކޮޅުގައި ކަމަށެވެ.
އެކްސިޑެންޓުގައި އެކަކުގެ މޫމަތިން ފަޅައިގެން ގޮސް، ދެ މީހުންގެ ގައިގެ އެކި ތަންތަނުން މަށައިގެން ގޮސް، އެކިވަރުގެ އަނިޔާވެފައިވާ ކަމަށާއި އެ އެކްސިޑެންޓުގައި ދެ ސައިކަލަށް ވެސް އެކިވަރުގެ ގެއްލުންވެފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އެ އެކްސިޑެންޓުގެ މައްސަލަ ފުލުހުން އަންނަނީ ތަހުގީގުކުރަމުންނެވެ.
މަގުމަތީގެ އެކްސިޑެންޓް
މަގުމަތީގެ އެކްސިޑެންޓް
މަގުމަތީގެ އެކްސިޑެންޓް
މަގުމަތީގެ އެކްސިޑެންޓް