ސިވިލް ކޯޓުގެ ދެ ގާޒީއެއްގެ މައްސަލަ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށަހަޅައިފިއެވެ.

އެ ދެ ގާޒީންނަކީ ގާޒީ ހާފިޒާ އަބްދުއްސައްތާރު އަދި ގާޒީ އަބްދުﷲ އިހުސާނެވެ. އެ ދެ ގާޒީގެ މައްސަަލަ ޖޭއެސްސީއަށް ހުށަހަޅާފައިވަނީ ސިވިލް ކޯޓުގެ މުވައްޒަފުންތަކެކެވެ.

މިކަމުގެ މައުލޫމާތުގެ އެނގޭ ފަރާތަކުން "ވަން" އަށް ބުނި ގޮތުގައި ގާޒީ ހާފިޒާއާ ގުޅޭގޮތުން ހުށަހެޅި މައްސަލައަކީ މުވައްޒަފުންނާ މުއާމަލާތް ކުރާ ގޮތާ މެދު ހިތްހަމަ ނުޖެހިގެން ހުށަހެޅި މައްސަލައެކެވެ.

ގާޒީ އިހުސާންއާ ގުޅޭގޮތުން ހުށަހަޅާފައިވަނީ މުވައްޒަފުންނަށް ފުރައްސާކުރިކަމަށް ތުހުމަތުވާ މައްސަލައެކެވެ.

ޖޭއެސްސީގެ އޮފިޝަލަކު ވެސް ވަނީ މި ދެ މައްސަލަ އެ ކޮމިޝަނަށް ހުށަހަޅައިފައިވާކަން ކަށަވަރުކޮށްދީފައެވެ.