ހުޅުމާލެ ފޭސް އެކެއްގައި ހުރި ގެސްޓު ހައުސެއްގެ ރޫމެއް ތެރޭގައި މަރުވެފައި އޮތް މީހަކު ފެނިއްޖެއެވެ.

ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ ހުޅުމާލެ ފޭސް އެކެއްގައި ހުރި ގެސްޓު ހައުސެއްގެ ރޫމެއް ތެރޭ މަރުވެފައި އޮތް މީހަކު ފެނިގެން، 12:14 ހާއިރު އެ މުވައްސަސާއަށް ރިޕޯޓު ކޮށްފައިވާ ކަމަށެވެ.

އެ ރިޕޯޓު ލިބުމާ ގުޅިގެން އެ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަމުންދާ ކަމަށެވެ.

ފުލުހުން ބުނީ މަރުވެފައި އޮއްވައި ފެނުނީ ފިރިހެނެއް ކަމަށެވެ. ނަމަވެސް އެއީ ދިވެއްސެއް ކަމެއް ނުވަތަ ބިދޭސީއެއް ކަމެއް ފުލުހުން ހާމައެއް ނުކުރެއެވެ.

އެކަމާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ބަލަމުންގެންދާ ކަމަށް ފުލުހުން ބުންޏެވެ.