ދެކުނު އިރުމަތީ އޭޝިއާގެ ގައުމުތަކުން މިހާރު ފެންނަމުންދަނީ މޫސުމީ ބަދަލުތަކުގެ ނުރައްކާތެރި އަސަރުތައްކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ދެކުނު އިރުމަތީ އޭޝިއާގެ ބައެއް ގައުމުތަކަށް މޫސުން ގޯސްވެ ބޯކޮށް ވާރޭވެހުމުގެ ސަބަބުން ވަނީ ފެންބޮޑުވުމުގެ ހަދިސާތައް ހިނގައި މީހުން މަރުވެފައެވެ.
ރައީސް އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ވިއެޓްނާމް، އިންޑޮނޭޝިއާ އަދި ތައިލެންޑުގައި މޫސުން ގޯސްވުމުގެ ސަބަބުން ހިނގި ހާދިސާތަކުގައި މީހުން މަރުވެފައިވާތީ ތައުޒިޔާ ދަންނަވާ ކަމަށެވެ.
"ދެކުނު އިރުމަތީ އޭޝިއާގެ ގައުމުތަކުން މިހާރު ފެންނަމުންދަނީ މޫސުމީ ބަދަލުތަކުގެ ނުރައްކާތެރި އަވަސް އަސަރުތައް،" ރައީސް ވިދާޅުވިއެވެ.
އެ މަނިކުފާނު ވަނީ ހޮންގުކޮންގުގެ އިމާރާތެއްގައި ހިނގި އަލިފާނުގެ ހާދިސާގައި ބަޔަކު މަރުވެފައިވާތީ އެކަމާ ގުޅިގެން ޗައިނާގެ ރައީސް ޝީ ޖިންޕިންއަށްވެސް ތައުޒިޔާ ވިދާޅުވެފައެވެ.
ސްރީ ލަންކާގައި އުފެދުނު ކޮޅިގަނޑު ވެސް ވަނީ ތޫފާނަކަށް ބަދަލުވެފައެވެ. ''ޑިޓްވާ'' ނަމުން ނަންދީފައިވާ އެ ތޫފާނުގައި މިހާތަނަށް 65 އަށްވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
މުހައްމަދު އިޝާން
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު