ސްޓެލްކޯގެ ހުޅުމާލޭގެ ބާ އިންޖީނުގޭގައި ހިނގި އަލިފާނުގެ ހާދިސާގެ މައްސަލަ ފުލުހުން ތަހުގީގުކުރަން ފަށައިފިއެވެ.
ހުޅުމާލޭގެ ބާ އިންޖީނުގޭގެ ސްވިޗް ގިއާ އަކަށް ދިމާވި މައްސަލައެއް ހައްލު ކުރަމުން ދަނިކޮށް، އަލިފާނުގެ ހާދިސާއެއް ހިނގައި، އެ ހާދިސާގައި ސްޓެލްކޯގެ މުވައްޒަފެއްގެ ހަށިގަނޑުގެ އެކި ތަންތަން ފިހި، ސީރިއަސް އަނިޔާތަކެއް ލިބިގެން ދަނީ ފަރުވާދެމުންނެވެ.
ސްޓެލްކޯ އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ އެ ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަނެ، އެފަދަ ހާދިސާތައް ތަކުރާރުވިޔަ ނުދިނުމަށްޓަކައި އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އެޅުމުގެ މަސައްކަތް އެ ކުންފުނިން މިހާރު ކުރަމުންދާ ކަމަށެވެ.
"މި ހާދިސާގެ މިނިވަން ތަހުގީގެއް ދިވެހި ފުލުހުންގެ ހިދުމަތުން ވެސް ފަށާފައިވާތީ، އެ ފަރާތަށް ދޭންޖެހޭ ހުރިހާ އެއްބާރުލުމެއް ވެސް މި ކުންފުނިން މިދަނީ ދެމުންނެވެ..،" ސްޓެލްކޯގެ ބަޔާނުގައި ބުންޏެވެ.
ސްޓެލްކޯ އިން ބުނީ އެ ހާދިސާ ހިނގި ވަގުތު އެތަނުގައި ތިބި އެހެން މުވައްޒަފުންގެ އެހީތެރިކަމާއެކު ސީރިއަސް އަނިޔާތައް ލިބުނު މުވައްޒަފަށް ވަގުތުން ފަރުވާ ދިނުމުގެ އިންތިޒާމު ހަމަޖައްސައި، އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ. އެ މުވައްޒަފަށް ހުޅުމާލޭ ހޮސްޕިޓަލުގައި ފާރުވާދިނުމަށްފަހު އިތުރު ފަރުވާއަށް މިހާރު އޭޑީކޭ ހޮސްޕިޓަލަށް ބަދަލުކުރެވިފައިވާ ކަމަށް ވެސް ބުންޏެވެ.
"މި ހާދިސާއާ ގުޅިގެން އަނިޔާވި މުވައްޒަފުގެ ފަރުވާއާއި ގުޅޭ އެންމެހާ ކަންކަން ވަރަށް ގާތުން ބަލައި، ކުންފުނީގެ ފަރާތުން ފޯރުކޮށްދެވެން އޮތް ހުރިހާ އެހީތެރިކަމެއް ފޯރުކޮށްދިނުމަށް މުވައްޒަފުގެ އާއިލާއާ ގުޅިގެން މިދަނީ މަސައްކަތް ކުރަމުންނެވެ..،" ސްޓެލްކޯ އިން ބުންޏެވެ.
އަނިޔާވި މުވައްޒަފުގެ އާއިލާއަށް އިތުރު ހިތާމައާއި ނުތަނަވަސްކަން ލިބިދާނެ ފަދަ ހުރިހާ އަމަލަކުން ދުރުހެލިވުމަށާއި، ކަމާގުޅޭ ރަސްމީ އިދާރާތަކުން ކަށަވަރުކޮށްދީފައިނުވާ މައުލޫމާތު ފެތުރުމުންވެސް ދުރުހެލިވުމަށް އެންމެހާ ފަރާތްތަކަށް ސްޓެލްކޯ އިން ވަނީ އިލްތިމާސްކޮށްފައެވެ.
ސްޓެލްކޯގެ ބަޔާނުގައި އިތުރަށް ބުނީ އަނިޔާވި މުވައްޒަފުގެ ސިއްހީ ހާލަތާ ގުޅޭ މައުލޫމާތު ލިބެމުންދާވަރަކުން ރަސްމީ އިދާރާތަކުންނާއި އެ ކުންފުނީގެ ފަރާތުން ހާމަކުރާނެ ކަމަށެވެ.
ކޮމިޝަނާ އޮފް ޕޮލިސް
ކޮމިޝަނާ އޮފް ޕޮލިސް
ކޮމިޝަނާ އޮފް ޕޮލިސް
ކޮމިޝަނާ އޮފް ޕޮލިސް