ރާއްޖޭގެ މިނިވަންކަމުގެ އެއްބަސްވުމުގައި ސޮއިކުރަން ބޭނުންކުރި ގޮނޑިތައް އިނގިރޭސިވިލާތުން، ރާއްޖެއާ ހަވާލުކޮށްފިއެވެ.
ފޮރިން މިނިސްޓްރީގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި އިނގިރޭސިވިލާތު ސަރުކާރުގެ ފަރާތުން އެ ގޮނޑިތައް ރާއްޖެއާ ހަވާލުކޮށްދެއްވީ ސަފީރު ނިކޮލަސް ޑޭވިޑް ލޯ އެވެ. ދިވެހި ސަރުކާރުގެ ފަރާތުން އެ ގޮނޑިތަކާ ހަވާލުވެވަޑައިގަތީ ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލެވެ.
އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ހަލީލު ވިދާޅުވީ އެ ދެ ގޮނޑިއަކީ، މިނިވަން މުސްތަގިއްލު ގައުމަކަށްވުމަށް ރާއްޖެއިން އެޅި ފުރަތަމަ ފިޔަވަޅު ރަމްޒުކޮށްދޭ ތަކެތި ކަމަށެވެ. ހަލީލު ވިދާޅުވީ އިނގިރޭސިވިލާތުން އެ ގޮނޑިތައް ރާއްޖެއަށް ހަވާލުކޮށްދެއްވުމުން އެކަން ވަރަށް ބޮޑަށް ބަލައިގަންނަ ކަމަށެވެ.
އިނގިރޭސިވިލާތުގެ ސަފީރު ނިކޮލަސް ވިދާޅުވީ ރާއްޖެއާއި އިނގިރޭސިވިލާތާ ދެމެދު އޮންނަ ގާތްގުޅުން އިތުރަށް ބަދަހިކުރުމަށް މަސައްކަތްކޮށް، އެކިއެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.
މުހައްމަދު އިޝާން
ފޮރިން މިނިސްޓްރީ
ފޮރިން މިނިސްޓްރީ
ފޮރިން މިނިސްޓްރީ
ފޮރިން މިނިސްޓްރީ