ޔޫއެފާ ވޯލްޑް ކަޕް ކޮލިފިކޭޝަން ގްރޫޕް އީގައި ރޭ ކުޅުނު މެޗުގައި ޖޯޖިއާ ބަލިކޮށް، ސްޕެއިނުން އަންނަ އަހަރުގެ ވޯލްޑް ކަޕަށް ކޮލިފައިވުމާ ފިޔަވަޅެއް ގާތަށް ޖެހިލައިފިއެވެ.
ސްޕެއިނުން ކޮލިފިކޭޝަން ގްރޫޕް ސްޓޭޖުގައި މިހާތަނަށް ކުޅުނު ފަސް މެޗުން 15 ޕޮއިންޓް ހޯދާފައިވާ އިރު، ދެވަނައިގައި އޮތް ތުރުކީއަށް ފަސް މެޗުން 12 ޕޮއިންޓް ލިބިފައިވެއެވެ.
ރޭ ސްޕެއިނުން ރަށުން ބޭރުގައި 4-0 އިން ޖޯޖިއާ ބަލިކުރި އިރު، ތުރުކީން ރޭ ކުޅުނު މެޗުގައި އަމިއްލަ ގައުމުގައި ބަލްގޭރިއާ ބަލިކުރީ 2-0 އިންނެވެ. ސްޕެއިނުން ދެން ކުޅެން އޮތް ހަމައެކަނި މެޗަކީ ތުރުކީއާ ދެކޮޅަށް ކުޅޭ މެޗު ކަމަށްވާ އިރު، އެ މެޗުން ތުރުކީ، ހަތް ގޯލްގެ ތަފާތަކުން މޮޅުވެގެން ނޫން ގޮތަކަށް ސްޕެއިނަށް ވޯލްޑް ކަޕް ނުގެއްލޭނެއެވެ.
މީގެ ކުރިން 2010 ވަނަ އަހަރު ވޯލްޑް ކަޕް ހޯދި ސްޕެއިނުން ރޭގެ މެޗުގެ ފުރަތަމަ ހާފުގައި ތިން ގޯލް ޖަހާފައިވާ އިރު، އެ ގޯލުތައް ޖެހީ މިކޭލް އޮޔަރްޒަބާލާއި މާޓިން ޒުބިމެންޑީ އަދި ފެރާން ޓޮރޭސްއެވެ. ދެވަނަ ހާފުގައި ސްޕެއިންގެ ހަތަރު ވަނަ ގޯލް ޖެހީ އޮޔަރްޒަބާލެވެ.
ސްޕެއިނުން މިވަގުތު ދުނިޔޭގެ އެއްވަނައިގައި އޮތް އިރު، އެޓީމުން މިހާތަނަށް ކޮލިފިކޭޝަންގައި ކުޅުނު ފަސް މެޗުންވެސް މޮޅުވީ ކޮޅަށް ގޯލެއް ނުވައްދައެވެ. އެ ފަސް މެޗުގައި އެޓީމުން ވަނީ 19 ގޯލް ޖަހައިފައެވެ.
ވޯލްޑް ކަޕް ކޮލިފައިން
ވޯލްޑް ކަޕް ކޮލިފައިން
ވޯލްޑް ކަޕް ކޮލިފައިން
ވޯލްޑް ކަޕް ކޮލިފައިން