އާސެނަލްގެ އެމިރޭޓްސްގައި ބްރެޒިލާއި ސެނެގާލް ވާދަކުރި އެކުވެރިކަމުގެ މެޗުން ބްރެޒިލް މޮޅުވެއްޖެއެވެ.
ކާލޯ އެންޗެލޮޓީ ބްރެޒިލާ ހަވާލުވިފަހުން އެގައުމުން ކުޅުނު ހަތް މެޗުގެ ތެރެއިން ހަތަރު މެޗުން މޮޅުވެފައިވާ އިރު، ރޭގެ މޮޅަކީ ސެނެގާލް ކައިރިން ބްރެޒިލް ހޯދި ފުރަތަމަ މޮޅެވެ. ރޭގެ މެޗުގައި ބްރެޒިލުން ސެނެގާލް ބަލިކުރީ 2-0 ގެ ނަތީޖާއަކުންނެވެ.
ބްރެޒިލާއި ސެނެގާލް ވާދަކުރީ އެކުވެރިކަމުގެ މެޗެއްގައި ނަމަވެސް، މެޗު ފެނިގެން ދިޔައީ ތަފާތު ވާދަވެރިކޮށެވެ. ވަރުގަދަ ޗެލެންޖްތަކެއްގެ އިތުރުން ވަރުގަދަ ޓެކުލްތަކެއްވެސް މެޗުން ފެނިގެން ގޮސްފައިވާ އިރު، ބްރެޒިލުން ވަނީ ފުރަތަމަ ހާފުގައި ދެ ގޯލް ޖަހައިފައެވެ.
މެޗުގެ ކުރީކޮޅުގައި މަތެއަސް ކޫންޏާގެ ދެ ހަމަލާއެއް ދަނޑިއަށް އަމާޒުވެފައިވާ އިރު، އެޓީމުގެ އެޓޭކް ފެނުނީ ވަރުގަދަކޮށެވެ. އެންޗެލޮޓީ ރޭގެ މެޗަށް ނެރުނު ފުރަތަމަ 11 ގައި ވިނީޝިއަސް ޖޫނިއާއާއި ރޮޑްރީގޯގެ އިތުރުން އެސްޓެވާއޯއާއި ކޫންޏާ އެޓޭކްގައި ބޭނުން ކުރިއެވެ.
މެޗުގެ 28 ވަނަ މިނެޓުގައި ކަސެމީރޯ ޖައްސާލި ބޯޅައެއްގައި އެސްޓެވާއޯ ގޯލް ޖެހި އިރު، 35 ވަނަ މިނެޓުގައި ބްރެޒިލުން ލީޑު ފުޅާކުރިއެވެ. އޭރިއާ ތެރެއަށް ރޮޑްރީގޯ ނަގައިދިން ބޯޅަ، ގޯލަށް ވައްދާލީ ކަސެމީރޯއެވެ.
މެޗުގެ ފަހުކޮޅުގައި ސެނެގާލްގެ ޕަޕޭ ގޭއީއާއި އިސްމައިލާ ސާ ހަމަލާތައް އުފެއްދި ނަމަވެސް، އެޑަސަން ވަނީ މުހިންމު ސޭވްތަކެއް ކޮށްފައެވެ.
ފީފާ ފްރެންޑްލީސް
ފީފާ ފްރެންޑްލީސް
ފީފާ ފްރެންޑްލީސް
ފީފާ ފްރެންޑްލީސް