ހުޅުމާލެ ފޭސް ތިނެއްގެ ބިންހިއްކުމުގެ މަސައްކަތް އަލުން ފަށައިފިއެވެ.
އެޗްޑީސީން ހުޅުމާލޭގެ ފޭސް ތިނެއްގެ ބިން ހިއްކުން މެދުކެނޑިފައިވަނީ އެ މަސައްކަތް ހަވާލުކުރި ކުންފުނި ކަމަށްވާ ސްރީލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮންޕެނީ (ސީއެމްސީސީ)އިން އެ މަޝްރޫއުގެ މަސައްކަތް ހުއްޓާލުމުގެ ސަބަބުންނެވެ.
ސްރީލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮންޕެނީ (ސީއެމްސީސީ) އާ ހަވާލުކޮށްގެން ކުރިއަށްގެންދާ އެ މަޝްރޫއުގެ ދަށުން ޖުމްލަ 63 ހެކްޓަރުގެ ބިން ހިއްކާނެ އެވެ. 2023 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ފުރަތަމަ ފެށި އެ މަޝްރޫއުގެ ދަށުން މިހާތަނަށް ވަނީ 24 ހެކްޓަރުގެ ބިން ހިއްކައިފައެވެ.
މަސައްކަތް މަޑުޖެހިފައި އޮތުމަށްފަހު، ތިންވަނަ ފިޔަވަހިން ބާކީ 38 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތްތައް އަލުން މިއަދު ވަނީ ފަށައިފައެވެ.
ހުޅުމާލެ ފޭސް ތިނެއްްގައި މިއަދު ހަވީރު ކުރިޔަށްގެންދިޔަ އެ ރަސްމިއްޔާތުގައި، އެ މަސައްކަތް ކުރިޔަށްގެންދާ ގޮތް ރައީސް ޑރ. މުހައްމަދު މުއިއްޒު ބައްލަވައިލެއްވިއެވެ. އެމަނިކުފާނުގެ އަރިހުގައި އެމްއޭސީއެލްގެ އިސްވެރިންނާއި އެޗްޑީސީގެ އިސްވެރިންގެ އިތުރުން ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގަތެވެ.
އެޗްޑީސީން މިއަދު ނޫސްތަކަށް ބުނީ އެ މަސައްކަތް ކުރިން މެދުކަނޑާލަން ޖެހުނީ އެ ބިން ހިއްކުމުގެ މަސައްކަތް ރިވައިސް ކުރަމުން ގެންދާތީ ކަމަށެވެ.
އެ ސަރަހައްދަކީ މާލެ ސަރަހައްދުގައި އުޅޭ މީހުންނަށް ބޯހިޔާވަހިކަމަށް ދިމާވެފައި އޮތް ދަތިކަމަށް ހައްްލު ހޯދައިދިނުމަށް ގޯތި ދޫކުރަން ކަނޑައަޅާފައިވާ ސަރަހައްދު ކަމަށާއި މިތަނުން ބިންވެރިޔާ ގޯތިން ކަނޑައެޅިފައިވާ ގޮތަށް ބިން ދޫކުރުމަށް މަސައްކަތްކުރާނެ ކަމަށް އެޗްޑީސީން ބުންޏެވެ.
"މިހާރު މާސްޓާ ޕްލެއިން ރިވައިސްކޮށްފައި އަލުން މަސައްކަތް މިފެށީ. 18 ހެކްޓަރުގެ ބިން މިހާރު އޮތީ ހިއްކާ ނިމިފައި. ދެން ބާކީ އޮތްތަން ހިއްކުމުގެ މަސައްކަތް އާ ލޭންޑްޔޫސް ޕްލޭނާ އެއްގޮތަށް ކުރިޔަށްގެންދަނީ. މި މަސައްކަތް ކުރިޔަށްގެންދަނީ ސަރުކާރުން ކުރިޔަށްގެންދާ ޕްރޮޖެކްޓެއްގެ ގޮތުގައި. އެމްއޭސީއެލްގެ ކުންފުންޏާ ހަވާލުކޮށްގެން." އެޗްޑީސީން ބުންޏެެވެ.
އެ ސަރަހައްދުގައި 24 ގަޑިއިރު މަސައްކަތް ކުރަމުންގެންދާތީ އެޗްޑީސީން ވަނީ އެ ސަރަހައްދުގައި ދުއްވާ ކަނޑު އުޅަދުތައް ދަތުރު ކުރުމުގައި ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.
ފާތިމަތު ލިއުޝާ
ހުޅުމާލެ ފޭސް 3
ހުޅުމާލެ ފޭސް 3
ހުޅުމާލެ ފޭސް 3
ހުޅުމާލެ ފޭސް 3