ސައުދީ އަރަބިއްޔާއިން، ގައުމުތަކަށް ދޫކުރާ ހައްޖު ކޯޓާތަކުގެ ތެރެއިން އެ ގައުމުތަކުން ބޭނުންނުކޮށް ހުންނަ ކޯޓާއިން ރާއްޖެއަށް ފުރުސަތު ދިނުމާ ގުޅޭގޮތުން މަޝްވަރާކޮށްފިއެވެ.
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީދު އަލީ ސައީދު، މިއަދު މީޑިއާތަކަށް ހިއްސާކުރެއްވި މެސެޖެއްގައި ވިދާޅުވީ އެ މަޝްވަރާތައް ކޮށްފައިވަނީ ހައްޖު މުބާޝިރު އިނިޝިއޭޓިވްގެ ދަށުން ކަމަށެވެ.
"ގައުމުތަކަށް ކަނޑައަޅާފައި އޮންނަ ރަސްމީ ކޯޓާގެ އިތުރަށް، އިތުރު ކޯޓާ މިހާރު ނުދެއްވި ނަމަވެެސް، އެހެން ގައުމުތަކަށް ދީފައި ހުންނަ ކޯޓާގެ ތެރެއިން އެ ގައުމުތަކުން ބޭނުންނުކޮށް ހުންނަ ކޯޓާ، ކޯޓާ އިތުރަށް ބޭނުންވާ ގައުމުތަކުން ބޭނުން ކުރެވޭ ގޮތައް ސައުދީއިން ކުރިއަށް ގެންދާ (ހައްޖު މުބާޝިރު) އިނިޝިއޭޓިވް އިން ރާއްޖެއަށް ފުރުސަތު ހޯދަން މިއަދު ވަނީ މަޝްވަރާ ކުރެވިފައި،" ޝަހީމް ވިދާޅުވިއެވެ.
ރަސްމީ ދަތުރެއްގައި ޝަހީމު މިވަގުތު ހުންނެވީ ސައުދީ އަރަބިއްޔާގައެވެ. އެ ދަތުރުގެ ތެރެއިން ރާއްޖެ އާއި ސައުދީއާ ދެމެދު ހައްޖުގެ ހިދުމަތްތަކާބެހޭ އެއްބަސްވުމެއްގައި މިއަދު ވަނީ ސޮއިކޮށްފައެވެ.
އެ އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ޝަހީމެވެ. ސައުދީ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ހައްޖާއި އުމްރާއާ ބެހޭ މިނިސްޓަރު ޑރ ތައުފީގު ބިން ފައުޒާނު އައްރަބީއާއެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ އެ އެއްބަސްވުމުގައި ބަޔާންކޮށްފައިވަނީ ކުރިއަށް އޮތް ހައްޖު މޫސުމުގައި ކަންކަން ކުރިއަށް ގެންދާނެ ގޮތުގެ އުސޫލުތައް ކަމަށެވެ.
އެގޮތުން ހައްޖުގެ ހިދުމަތަށް ފައިސާދައްކާނެ ގޮތާއި ރާއްޖެއިން ހައްޖުގެ ހިދުމަތްދޭ ކުންފުނިން ހިދުމަތް ދޭންޖެހޭނެ ގޮތާއި ދިވެހި ހައްޖުވެރިންގެ ކަންކަން ބެލެހެއްޓުމަށް ހައްޖު މޫސުމުގައި ރާއްޖޭގެ ހައްޖު މިޝަން ގާއިމު ކުރުމުގެ އިތުރުން އެހެން ބައެއް މުހިންމު ކަންކަމަށް މިނިސްޓްރީން ބުންޏެވެ.
އެ އެއްބަސްވުމަކީ ކޮންމެ އަހަރަކުވެސް ސޮއިކުރާ އެއްބަސްވުމެއްކަމަށް މިނިސްޓްރީން ބުންޏެވެ.
މުހައްމަދު އިޝާން
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު
އެއްބަސްވުން ހާމަކުރަންވާނެ.
ޢަލީބެ - 7 މަސް ކުރިން
ކިތަންމެ ގިނައިން ކޯޓާ ލިބުނަސް ކަލޭމެންގެ ބޮޑުންނަށް ތީތި ލިބެނީ
ރައުދު - 7 މަސް ކުރިން