މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އަންގާފައިވާ ގޮތާ ހިލާފަށް، ރިސޯޓުތަކުގައި ބޭނުންކޮށް އުކައިލާ ތެޔޮ ވިއްކަމުންދާކަމުގެ ތުހުމަތުގައި ހުޅުމާލެއިން ހައްޔަރުކުރި ބިދޭސީންގެ އަތުގައި ރާއްޖޭގައި ދިރިއުޅުމުގެ ނުވަތަ މަސައްކަތް ކުރުމުގެ ސައްހަ ވިސާއެއް ނެތްކަން ކޯޓު އަމުރުން އެނގިއްޖެއެވެ.
ފުލުހުން އިއްޔެ ބުނީ އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ބަންގުލަދޭޝަށް ނިސްބަތްވާ ހަތަރު މީހެއް ކަމަށްވާ އަލް އަމީން ބޮޔަޓި (37އ)، ދުލާލް މިއާހް (32އ)، މޮހަންމަދު ރަސެލް މިއާހް (34އ އަދި މަންވަރު ހޮސައިން (45އ) އެވެ.
އެ ހަތަރު މީހުން، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ކޮންޓެއިނާ ޖެޓީ ސަރަހައްދުގައި އޮތް ޑިންގީއަކުން ތެޔޮ ހަންތަކެއް ބާލައި ޕިކަޕަކަށް އަރުވަމުންދާ ކަމަށް ފުލުހުން މައުލޫމާތު ލިބުމުން ބުދަ ދުވަހުގެ ރޭ ހިންގި އޮޕަރޭޝަނެއްގައި އެ މީހުން ހައްޔަރުކުރީ ކަމަށް ފުލުހުން ބުނެފައިވެއެވެ.
އެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޝަރުތުކުރުމަށް ފަހު އެކަކު ދޫކޮށްލައި، ދެންތިބި ހަތަރު މީހުން ވެސް 10 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ކުރިމިނަލް ކޯޓުގެ ބަންދު އަމުރުތަކުގައިވާ ގޮތުން ބަންދު ނުކޮށް، ޝަރުތުކޮށްފައި ދޫކޮށްލީ ބަންގުލަދޭޝްގެ ރައްޔިތެއް ކަމަށްވާ މޮހަންމަދު ހާރޫން (43އ) އެވެ. އަމުރުގައިވާ ގޮތުން އޭނާ ބަންދު ނުކޮށް ދޫކޮށްލީ ދިވެއްސަކާ ކައިވެނި ކޮށްގެން ސައްހަ ވިސާއެއްގައި ރާއްޖޭގައި އުޅޭ މީހަކަށްވާތީއެވެ.
އަމުރުގައިވާ ގޮތުން މޮހަންމަދު ހާރޫންއަކީ ޕިކަޕް ޑްރައިވަރެއްގެ ގޮތުގައި މަސައްކަތްކުރާ މީހެކެވެ. އަދި އޭނާގެ ފަރާތުން ވަނީ އެކަމަށް ބާރުދޭ ވާހަކަތަކެއް ބަންދު މަޖިލީހުހައި ދައްކައިފައި ކަމަށާއި ދެން މި މައްސަލައިގައި ހައްޔަރުކުރި މީހުންވެސް އެއީ ޕިކަޕް ޑްރައިވަރެއް ކަމަށް ބުނެފައިވާ ކަމަށެވެ.
ދެން އެ މައްސަލައިގައި ހައްޔަރުކުރި މީހުން ރާއްޖޭގައި ދިރިއުޅެމުން ދަނީ އިމިގްރޭޝަންގެ ގާނޫނާއި ގަވާއިދުތަކާ ހިލާފަށް ކަމަށް އަމުރުގައި ބުންޏެވެ.
މުހައްމަދު އިޝާން
ކުށް
ކުށް
ކުށް
ކުށް
ދިވެއްސަކާއި ކައިވެނި ކޮށަގެން ކުރީމްއޭ ކިޔާފަ ކުއްކުރި ބިދޭސީ މީހާ ދޫކޮށްލުން ކުއްވެރިކުރަން.
ބިމްމާ - 7 މަސް ކުރިން
ވަރަށް ރަގަޅު ޤައުމެއް ދިވެއްސަކާ އިދެގެން އުޅެންޔާ ބޭރުމީހުންނަށް މާމޮޅު.. ކޮންމެ ކަމެއްކުރިއަސް ކުއްވެރިއެއްނުވާ.ހުރިހާ އަންހެންވެރިން ބޭރުމީހުންނާ އިންނަންވީ އަވަހަށް
ގަކަން - 7 މަސް ކުރިން