ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ކުރިއަށް ގެންދާ ބީއެމްއެލް އެޓޯލް ޗެމްޕިއަންޝިޕްގެ ހދ. އަތޮޅު މުބާރާތުގައި ދެވަނަ މޮޅެއް ހޯދައި، ހަނިމާދޫން ފައިނަލްގެ އުންމީދު ބޮޑުކޮށްފިއެވެ.
މިއަދުގެ މެޗަށް ނުކުތް އިރު، ހަނިމާދޫން އޮތީ ކުޅުނު ފުރަތަމަ މެޗުގައި ނޮޅިވަރަމް ކައިރިން 3-0 އިން ބޮޑު މޮޅެއް ހޯދައިފައެވެ. އަނެއްކޮޅުން ނުކުތް ނެއްލައިދޫ އޮތީ ކުޅުދުއްފުށި ކައިރިން 4-2 އިން ބަލިވެފައެވެ.
އިއްޔެ ހަވީރު ކުޅުފުއްފުށި ދަނޑުގައި ކުޅުނު މެޗުގައި ހަނިމާދޫން ނެއްލައިދޫ ބަލިކުރީ 3-2 ގެ ނަތީޖާއަކުންނެވެ.
މެޗުގެ ފުރަތަމަ ހާފުގައި ހަނިމާދޫން ތިން ގޯލް ޖެހި އިރު، އެޓީމުގެ ގޯލްތައް ޖަހައިދިނީ ނޫރުﷲ ތޯހާއާއި ނާއިލް ޔޫސުފެވެ. ނޫރުﷲ ވަނީ މެޗުގައި ދެ ގޯލް ޖަހައިފައެވެ.
އަނެއްކޮޅުން ނެއްލައިދޫގެ އިސްމާއީލް ވަހީދު ފުރަތަމަ ހާފުގައި ގޯލެއް ޖެހި އިރު، ދެވަނަ ހާފުގައި އެޓީމުގެ ހަސަން ސާމިލް ވަނީ އިތުރު ގޯލެއް ޖަހައި ފަރަގު ކުޑަކޮށްފައެވެ. އެ ގޯލާއެކުވެސް އެޓީމަށް މެޗު އެއްވަރު ނުކުރެވުނެވެ.
އެޓޯލް ޗެމްޕިއަންޝިޕަކީ ތިންވަނަ ޑިވިޝަނުގެ ގޮތުގައި ފުޓުބޯޅަ ޕިރަމިޑުން ކަނޑައަޅާފައިވާ އިރު، ރީޖަނަލް ލީގަށް ދާނީ ޒޯން ބުރަށްފަހުއެވެ. ރީޖަނަލް ލީގަކީ ދެވަނަ ޑިވިޝަނެވެ.
ރާއްޖެ ހަތަރު ރީޖަނަކަށް ބަހާލައިގެން އަތޮޅު މުބާރާތްތައް ފަށާފައިވާ އިރު، ރީޖަނަލް ލީގުތަކުން ރާއްޖޭގެ ފުރަތަމަ ޑިިވިޝަނަށް އެރޭނެ މަގު މިހާރު ވަނީ ތަނަވަސް ކޮށްފައެވެ.
އެފްއޭއެމް އެޓޯލް ޗެމްޕިއަންޝިޕް
އެފްއޭއެމް އެޓޯލް ޗެމްޕިއަންޝިޕް
އެފްއޭއެމް އެޓޯލް ޗެމްޕިއަންޝިޕް
އެފްއޭއެމް އެޓޯލް ޗެމްޕިއަންޝިޕް