އައްޑޫގައި 1،000 އެނދުގެ އައްސޭރި ޓޫރިޒަމްގެ މަޝްރޫއެއް ހިންގަން އެމްޓީޑީސީއާ އެކު އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

އެ އެއްބަސްވުމުގައި ސޮއިކުރީ ރައީސް ޑރ. މުހައްމަދު މުއިއްޒު އައްޑުއަށް މިހާރު ކުރައްވާ ދަތުރުފުޅުގައި ހިތަދޫ، މަރަދޫ، ފޭދޫ އަދި މަރަދޫފޭދޫ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް އައްޑޫ ސިޓީ ހިތަދޫގައި ބޭއްވި ޖަލްސާގައެވެ.

އެ އެއްބަސްވުމުގައި ޓޫރިޒަމް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު މުހައްމަދު ނަޝާތު ރަޝީދެވެ. އަދި އެމްޓީޑީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަހްމަދު ނިޔާޒެވެ.

ސަރުކާރުން ބުނި ގޮތުގައި އެ މަޝްރޫއަކީ 600 ކޮޓަރި ނުވަތަ 1،000 އެނދުގެ މަޝްރޫއެއް ކަމަށެވެ.

އައްޑޫގެ ޓޫރިޒަމް ތަރައްގީކުރުމަށްޓަކާ 6،000 އެނދު އިތުރުކުރުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދެކެވެ.