އިންޑިއާއިން ތާރީހުގައި ފުރަތަމަ ފަހަރަށް އަންހެން ކްރިކެޓް ވޯލްޑް ކަޕް ކާމިޔާބު ކޮށްފިއެވެ.
އިންޑިއާއިން އެގައުމުގެ ތާރީހުގައި ފުރަތަމަ ފަހަރަށް 50 އޯވަރުގެ އަންހެން ވޯލްޑް ކާމިޔާބުކުރީ އަމިއްލަ ގައުމުގައެވެ. އައިސީސީ އަންހެން ވޯލްޑް ކަޕްގެ ފައިނަލް މެޗުގައި ރޭ އިންޑިއާއި ދެކުނު އެފްރިކާ ބަލިކުރީ މުމްބާއީގެ ނާވީގައި ކުޅުނު ފައިނަލް މެޗުގައެވެ.
އިންޑިއާއިން ފައިނަލް މެޗުގައި ދެކުނު އެފްރިކާ ބަލިކުރީ 52 ލަނޑުންނެވެ.
ރޭގެ މެޗަށް ނުކުތްއިރުވެސް އިންޑިއާއަށް އޮތީ ބޮޑު ޕްރެޝަރަކާ ކުރިމަތިވެފައެވެ. އެއީ އަމިއްލަ ގައުމުގައި 45،000 އެއްހާ ސަޕޯޓަރުން ކުރިމަތީގައި ފައިނަލަށް ނުކުންނަން ޖެހުމުންނެވެ. ފައިނަލް މެޗު ފެށުމުގެ ކުރިން ވާރޭގެ ސަބަބުން މެޗުގެ ފެށުން ދެ ގަޑިއިރެއްހާއިރަށް ފަސްވެގެންވެސް ގޮސްފައިވެއެވެ.
މެޗުގައި ޓޮސް ދިމާވީ ދެކުނު އެފްރިކާއަށެވެ. އެޓީމުން ނިންމީ ފުރަތަމަ އިނިންގްސްގައި ހޮވުމަށެވެ. އިންޑިއާއިން ކުޅެން އަރައި، 50 އޯވަރު ހަމަވި އިރު، ހަތް ކުޅުންތެރިން ނުބައިވެގެން 298 ލަނޑު ހެދިއެވެ.
ޝަފާލީ ވަރްމާ ވަނީ އިންޑިއާށް 87 ލަނޑު ހަދައިދީފައެވެ. އެއީ 78 ބޯޅައިންނެވެ. އޭގެ އިތުރުން ދީޕްތީ ޝަރްމާ ވަނީ 58 ލަނޑު ހަދައިދީފައެވެ.
ބަދަލުގައި ކުޅެން އަރައި، ދެކުނު އެފްރިކާއިން ވަނީ ތަފާތު ރޫހެއް ދައްކައިފައެވެ. ކެޕްޓަން ލައުރާ ވޮލްވާޓް ވަނީ 98 ބޯޅައިން 101 ލަނޑު ހަދައި، ދެކުނު އެފްރިކާއަށް އުންމީދު ހޯދައިދީފައެވެ. ނިމެން ދިޔަ އިރު، 211-6 ގެ ސްކޯއެއްގައި އޮތް އިރު، އެންމެފަހު 10 އޯވަރުން ދެކުނު އެފްރިކާއަށް ބޭނުންވެފައި އޮތީ 88 ލަނޑެވެ.
އެއީ ރަނގަޅު ސްކޯއެއް ނަމަވެސް، އިންޑިއާއިން ފަހުކޮޅު ރަނގަޅަށް އުކައިފައެވެ. އެޓީމުގެ ދީޕްތީ ފަސް ވިކެޓް ނެގި އިރު، ދެކުނު އެފްރިކާއަށް 45.3 އޯވަރު ތެރޭގައި ހުރިހާ ކުޅުންތެރިން ނުބައިވެގެން ހެދުނީ 246 ލަނޑެވެ.
ކްރިކެޓް
ކްރިކެޓް
ކްރިކެޓް
ކްރިކެޓް