ސްޕެނިޝް ލީގުގައި ރޭ އެލްޗޭއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، ބާސެލޯނާއިން ތާވަލުގެ ދެވަނައިގައި ކުރިއަށް ޖެހިލައިފިއެވެ.
އަމިއްލަ ދަނޑުގައި ބާސާއިން ރޭ އެލްޗޭ ބަލިކުރީ 3-1 ގެ ނަތީޖާއަކުންނެވެ. އެ ނަތީޖާއާއެކު ބާސާއަށް 11 މެޗުން 25 ޕޮއިންޓް ލިބިފައިވާ އިރު، އެއްވަނައިގައި ވާދަވެރި ރެއާލް މެޑްރިޑް އޮތީ 11 މެޗުން 30 ޕޮއިންޓާއެކުގައެވެ.
ރޭގެ މެޗަށް ބާސާ ނުކުތީ އެލް ކްލެސިކޯގައި ރެއާލް ކައިރިން ބަލިވެފައި އޮވެގެންނެވެ. އެ ބަައްޔާއެކު ތާވަލުގައި ބާސާ ބޮޑުތަނުން ފަހަތަށް ސޮއްސާލި ނަމަވެސް، ރޭގެ މެޗުން މޮޅުވެ، ފަރަގު ވަނީ ކުޑަކޮށްފައެވެ.
ބާސާއަށް މެޗުގައި ލީޑު ނަގަން ބޭނުންވީ އެންމެ ނުވަ މިނެޓެވެ. ނުވަ ވަނަ މިނެޓުގައި ބާސާއަށް ލީޑު ނަގައިދިނީ ޒުވާން ތަރި ލެމީން ޔަމާލެވެ. އެލެހާންޑްރޯ ބާލްޑޭ މެދުތެރެއިން ބޯޅަ ހޯދައިގެން ތަނަވަސްކުރި ފުރުސަތުގައި ޔަމާލް ފޮނުވާލި ބޯޅަ ގޯލަށް ވައްދާލީ ތިރީ ކަނަށެވެ.
އޭގެ ދެމިނެޓް ފަހުން އެލްޗޭގެ ފަހަތުން ހެދި ގޯހެއްގެ ބޭނުން ހިފައި، ބާސާއިން ދެވަނަ ގޯލް ޖެހިއެވެ. އެ ގޯލް ޖަހައިދިނީ ރަނގަޅު ފޯމެއްގައި ހުރި ފާމިން ލޮޕޭޒެވެ.
ހާފު ނިމުމުގެ ކުރިން ރަފާ މިރް، އެލްޗޭއަށް ފަރަގު ކުޑަކޮށްދިން ނަމަވެސް، ދެވަނަ ހާފުގައި މާކަސް ރަޝްފޯޑު ވަނީ ބާސާއަށް އިތުރު ގޯލެއް ޖަހައިދީ ނަތީޖާ ޔަގީން ކޮށްދީފައެވެ.
ސްޕެނިޝް ލަލީގާ
ސްޕެނިޝް ލަލީގާ
ސްޕެނިޝް ލަލީގާ
ސްޕެނިޝް ލަލީގާ