މޯލްޑިވްސް އިމިގްރޭޝަނުން ހުޅުވާލި އޮފިސަރު ޓްރޭނީގެ 70 ވަޒީފާއަށް 500 އަށްވުރެ ގިނަ މީހުން ކުރިމަތިލައިފިއެވެ.
މިއީ އިމިގްރޭޝަނުގެ އޮފިސަރު ޓްރޭނީގެ ވަޒީފާއަށް ހުޅުވާލި ދެވަނަ ފަހަރެވެ.
މީގެ ކުރިން އިމިގްރޭޝަނުން އޮފިސަރު ޓްރޭނީގެ ވަޒީފާއަށް ހުޅުވާލީ މިއަހަރުގެ މެއި މަހުގެ 25 ވަނަ ދުވަހު ގަލޮޅު ސްކޫލުގައި އެ ދުވަހުގެ ހެނދުނު 9:00 ހަވީރު 5:00 އަށެވެ.
އެ ފަހަރު އިމިގްރޭޝަނުން ހުޅުވާލި އޮފިސަރު ޓްރޭނީގެ 50 ވަޒީފާއަށް ކުރިމަތިލާން ވޯކިން އިންޓަވިއުތަކުގައި ޖުމުލަ 861 މީހަކު ބައިވެރިވިއެވެ. އެފަހަރު އިންޓަވިއުގައި ވަޒީފާގެ ޝަރުތު ހަމަވާ 758 މީހަކު ބައިވެރިވި އިރު، އޭގެ ތެރެއިން އިމްތިހާނުގައި ބައިވެރިވީ 549 މީހުން ކަމަށް އިމިގްރޭޝަނުން މައުލޫމާތުދެއެވެ.
އިމިގްރޭޝަނުން އިއްޔެ ބުނީ 70 އިމިގްރޭޝަން އޮފިސަރު ޓްރެއިނީން ނެގުމަށް ބޭއްވި ވޯކް-އިން އިންޓަވިއުގެ ދެވަނަ ބުރަށް ބޮޑު ތަރުހީބެއް ލިބުނު އިރު، ފުރަތަމަ ދެތިން ގަޑިއިރުގެ ތެރޭގައި 500 އަށްވުރެ ގިނަ ކެންޑިޑޭޓުން އައިސްފައިވާ ކަމަށެވެ.
އެ އިންތިޒާމުތައް ކުރިއަށްގެންދިޔައީ ހުލޫމާލެ ފޭސް ދޭއްގައި ހުންނަ ސަލާހުއްދީން ސްކޫލުގައި އިއްޔެގެ ހެނދުނު 8:30 އިން ހަވީރު 4:30 އަށެވެ. އެތަނުގައި ހަމަޖައްސާފައިވާ ރަނގަޅު އިންތިޒާމުތަކުގެ ސަބަބުން މަޑުކުރަންޖެހޭ ވަގުތު ކުޑަވެ، އެންމެންނަށް ވެސް ފަސޭހަތަކެއް ލިބިގެންދިޔަ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.
ފާތިމަތު ލިއުޝާ
މޯލްޑިވްސް އިމިގްރޭޝަން
މޯލްޑިވްސް އިމިގްރޭޝަން
މޯލްޑިވްސް އިމިގްރޭޝަން
މޯލްޑިވްސް އިމިގްރޭޝަން