ފޮނަދޫ މެދުއަވަށު ސްޕޯޓްސް ކްލަބު (އެފްއެމްއެސްސީ) އިން ބާއްވާ ލ. އަތޮޅުގެ އެންމެ ބޮޑު ފުޓްސަލް މުބާރާތް، ޕަސްކުއާލް ފޮނަދޫ ޔޫތު ފުޓްސަލް ޗެލެންޖް 2025 ގެ ޗެމްޕިއަންކަން ކަންމަތި އެފްސީން ހޯދައިފިއެވެ.
ރޭ ފޮނަދޫ ފުޓްސަލް ދަނޑުގައި ކުޅުނު ފައިނަލް މެޗުގައި ކަންމަތި އެފްސީން ތަށި ހޯދީ، 7-2 އިން ފޮއެމަތި ބަލިކޮށްގެންނެވެ.
ފޯރިގަދަކޮށް ފެނުނު މެޗުގައި ކަންމަތީގެ ގޯލްތައް ޖަހައިދިނީ ހުސައިން ޝަރީފް (އޮންލީ) އާއި އަހުމަދު އަފްލާޒް، އިބްރާހީމް އަސްވަދު (ގަބޭ) ގެ އިތުރުން އަލީ ޝާމިސް (ތޮއްޕެ) އާދި އަބްދުލް މަތީނެވެ.
ފޮއެމަތީގެ ގޯލްތައް ޖަހައިދިނީ އަލީ ހުމޭޒާއި އަހުމަދު ބައްސާމް މުހައްމަދު ނައީމް (ބައްކު) އެވެ.
ރޭގެ ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ތޮއްޕެއެވެ. މުބާރާތުގެ އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާގެ މަގާމާއި އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ކަންމަތީގެ އާދަމް ނާސިހު (އާދަންނާ) ހޯދި އިރު، އެންމެ މޮޅު ފަސް ކުުޅުންތެރިންނަކީ ފޮއެމަތީގެ މީސާގާއި ބައްކުގެ އިތުރުން ކަންމަތި އެފްސީގެ ގަބޭއާއި ތޮއްޕެގެ އިތުރުން އާދަންނާއެވެ.
މުބާރާތުގެ އެންމެ އުންމީދީ ކުޅުންތެރިޔަކަށް ހޮވުނީ ފޮއެމަތީގެ އަހުމަދު ރުވާއުއެވެ. އެންމެ މޮޅު ކޯޗަކީ ފޮއެމަތީގެ ކޯޗު މުހައްމަދު ތޯރިގެވެ. އެންމެ މޮޅު ކީޕަރަކީ ކަންމަތި އެފްސީގެ ގޯލްކީޕަރު މުހައްމަދު ލުފްޝާން (ޕަފް)އެވެ.
ފޮނަދޫ ޔޫތު ފުޓްސަލް ޗެލެންޖް
ފޮނަދޫ ޔޫތު ފުޓްސަލް ޗެލެންޖް
ފޮނަދޫ ޔޫތު ފުޓްސަލް ޗެލެންޖް
ފޮނަދޫ ޔޫތު ފުޓްސަލް ޗެލެންޖް