ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ކުޅުނު މެޗުގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ކުޅުނު މެޗުގައި ފަސޭހަކަމާއެކު ކްލަބު ވެލެންސިއާ ބަލިކޮށްފިއެވެ.

މިދިޔަ ހަތަރު އަހަރުވެސް ރާއްޖޭގެ ޗެމްޕިއަންކަން ހޯދި މާޒިޔާއިން މިއަދު ވެލެންސިއާ ބަލިކުރީ 5-0 ގެ ނަތީޖާއަކުންނެވެ. މާޒިޔާއިން މިހާތަނަށް ކުޅުނު ހަމެޗުން 18 ޕޮއިންޓް ހޯދާފައިވާ އިރު، ދެވަަނައިގައި އޮތް ނިއު ރޭޑިއަަންޓް ސްޕޯޓްސް ކްލަބާއި ތިން ވަނައިގައި އޮތް އޮޑި ސްޕޯޓްސް ކްލަބަށް ފަސް މެޗުން ހޯދުނީ 13 ޕޮއިންޓެވެ.

މެޗުގެ 17 ވަނަ މިނެޓުގައި މާޒިޔާގެ މުހައްމަދު އިލާން އިމްރާން ގޯލް ޖަހައި ލީޑު ނަގައިދިން އިރު، ދެން މެޗުގެ އަނެއް ގޯލްތައް ފެނުނީ ދެވަނަ ހާފުގައެވެ. އޭގެ ތެރެއިން ފުރަތަމަ ގޯލް އިލާން ޖަހައިދިން އިރު، އަނެއް ގޯލްތައް ޖެހީ ސާޖިއޯ މެންޑީއާއި އަހުމަދު އައިހަމްއެވެ.

މެންޑީ ވަނީ މެޗުގައި ދެ ގޯލް ޖަހައިފައެވެ.