ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް)ގެ ރައީސްކަމުގެ މަގާމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް އަދި ނައިބު ރައީސުންނަށް، ޔާމީން ސަރުކާރުގެ ފުރަތަމަ ނައިބު ރައީސް ޑރ. ޖަމީލު އަހުމަދާއި ރައީސް ޔާމީންގެ ދަރިކަލުން ޒެއިން އަބްދުﷲ ޔާމީން ހޮވިވަޑައިގެންފިއެވެ.
ޕީއެންއެފްގެ އިސް މަގާމުތަކަށް ބޭފުޅުން އިންތިހާބުކުރުމަށް އެ ޕާޓީގެ ކޮންގްރެސް ބާއްވާފައިވަނީ އާޓިފިޝަލް ބީޗުގައި މިރޭ ބޭއްވި ޕީއެންއެފްގެ ގައުމީ ޖަލްސާގައެވެ.
ޕީއެންއެފްގެ ރައީސާއި ނައިބު ރައީސުންނާއި ސެކްރެޓަރީ ޖެނެރަލް އަދި ހަޒާންދާރުގެ މަގާމަށް ވެސް ކުރިމަތިލެއްވީ އެ މަގާމަށް އިންތިހާބުކުރަން ޖެހޭ އަދަދަށެވެ. އެހެންކަމުން އެ މަގާމުތަކަށް ވޯޓެއް ނަގައިފައެއް ނުވެއެވެ.
ޕީއެންއެފްގެ ރައީސްކަމަށް ރައީސް ޔާމީން އަދި ނައިބުންނަށް ޖަމީލާއި ޒެއިން ހޮވިވަޑައިގެންނެވި އިރު، ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ހޮވިވަޑައިގެންނެވީ ކުރިން ވެސް އެ މަގާމުގައި ހުންނެވި މުހައްމަދު މަލީހު ޖަމާލެވެ. އަދި ހަޒާންދާރުގެ މަގާމަށް ހޮވިވަޑައިގެންނެވީ ކުރިން ވެސް އެ މަގާމުގައި ހުންނެވި އަހުމަދު މުސްތަފާ މުހައްމަދެވެ.
ހަޒާންދާރުގެ މަގާމަށް ދެ ބޭފުޅަކު ކުރިމަތިލި އިރު، އެ މަގާމަށް އިންތިހާބުވީ 219 ވޯޓާއެކު އަލީ ޝިޔާން ނާޝިދެވެ. އަދި ދެން ވާދަކުރި ނިހާދު މުހައްމަދު އަލީއަށް ލިބުނީ 117 ވޯޓެވެ.
ޕީއެންއެފްގެ ސެނެޓުގެ 14 މަގާމަށް 48 ކެންޑިޑޭޓަކު ވާދަކުރިއެވެ. އޭގެ ތެރެއިން ސެނެޓަށް ހޮވުނު މެންބަރުންނަކީ؛
- އާދަމް އާސިފް (އާސިއްޕެ)
- އަހުމަދު ފަޔާޒް (ޕާޕާ)
- އަބްދުﷲ ސަމަދު (ސަމަދުބެ)
- ޝަރީފާ ސައީދު
- ހަލީމަތު ޒުހައިރާ
- އަލީ ޝާހު
- ނާއިފް ޝައުކަތު
- ފާތިމަތު ރަހުމާ
- މުުހައްމަދު އަބްދުލް ލަތީފް (ލައްޗޭ)
- އަދުލީ އިސްމާއީލް
- އަބްދުﷲ ސަހީލް ޖަލީލު
- މުހައްމަދު މައިޒަރު އާދަމް ޒާހިރު
- ޑރ. އަބްދުﷲ އިބްރާހިމް
- އާއިޝަތު ހަފީޒް
ޕީޕަލްސް ނެޝަނަލް ޕްރޮންޓް (ޕީއެންއެފް)