ފުލުހުންގެ ޖޮއިންޓް އިންވެސްޓިގޭޝަންތައް 60 ދުވަހުގެ ތެރޭގައި ހަރުދަނާކޮށް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީ (241 ކޮމިޓީ) އަށް ހުށަހަޅަން ހޯމް މިނިސްޓްރީގެ މައްޗަށް އަންގާ އެންގުމެއް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
މަޖިލީހުން އެގޮތަށް ފާސްކުރީ ދަ ހޯކްސް ޕްރައިވެޓް ލިމިޓެޑްގެ ތެޔޮ ބޯޓެއްގައި ގާނޫނާއި ގަވައިދާ ހިލާފަށް ސިނގިރޭޓް ކާޓޫނުތަކެއް ރާއްޖެ އެތެެރެކުރި މައްސަލަ އާއި އެގްޒޮޓިކް އެންޓަޕްރައިޒަސް ކުންފުނިން ގެނައި ސިނގިރޭޓްތަކެއް ބޮންޑެޑް ވެއާހައުސްގައި ހުއްޓާ ވަގަށް ބޭރު ކުރި މައްސަލަ 241 ކޮމިޓީން ތަހުގީގު ކުރުމަށް ފަހު މަޖިލީހަށް ހުށަހެޅި ރިޕޯޓުގައި ހިމަނައިގެންނެވެ.
މި މައްސަލަތައް ކޮމިޓީން ތަހުގީގު ކުރަމުންދިޔައިރު ފުލުންގެ ޖޮއިންޓް އިންވެސްޓިގޭޝަން ލަސްވުމާއި މޯލްޑިވްސް ކަސްޓަމްސްގެ މައްސަލަތަކެއް ކޮމިޓީން ވަނީ ފާހަގަކޮށްފައެވެ.
މަޖިލީހުން ފާސްކުރި ކޮމިޓީ ރިޕޯޓްގައި ބުނެފައިވަނީ ފުލުހުންނާއި ތަހުގީގީ އެހެން އިދާރާތަކާ ގުޅިގެން ކުރިއަށްގެންދާ ޖޮއިންޓް އިންވެސްޓިގޭޝަންތަކުގެ މައްސަލަތައް ކުރިއަށް ގެންދިއުމަށް ފުލުހުންގެ ފަރާތުން އެކަށީގެންވާ އެއްބާރުލުމެއް ނުލިބުމުގެ ސަބަބުން ތަހުގީގުތައް ދިގުލައިގެންގޮސް، އެކަށީގެންވާ އަވަސް މިނެއްގައި، ތުހުމަތު ކުރެވޭ ފަރާތްތަކަށް ފިޔަވަޅު ނޭޅި ލަސްވެގެންދާ ކަމަށް ކޮމިޓީއަށް ލިބިފައިވާ މައުލުމާތުތަކުން ފާހަގަވާ ކަމަށެވެ.
އެކަމުގެ ސަބަބުން އިއާދަ ނުކުރެވޭ ވަރުގެ މާލީ ގެއްލުންތަކާއި، އެނޫންވެސް ގެއްލުންތައް ލިބެމުންދާކަން ފާހަގަ ކުރެވިފައިވާ ކަމަށްވެސް ރިޕޯޓްގައި ބުނެފައިވެއެވެ.
އެހެންކަމުން ފުލުހުންގެ ޖޮއިންޓް އިންވެސްޓިގޭޝަންތަކުގެ މަސައްކަތްތައް މިހާރަށްވުރެ ހަރުދަނާކުރުމަށްޓަަކައި، ގަވާއިދުތަކާއި އުސޫލުތައް މުރާޖައާކޮށް ގެންނަން ޖެހޭ ބަދަލުތައް ގެނެސް، 60 ދުވަސްތެރޭގައި އެކަން ކޮމިޓީއަށް ހުށަހަޅަން ހޯމްލޭންޑް މިނިސްޓްރީއަށް އެ ރިޕޯޓްގައި ވަނީ އަންގައިފައެވެ.
ކަސްޓަމްސްގެ ހިދުމަތުގެ ފެންވަރު މަތިކުރުމާއި އެ މުއައްސަސާ ޖަވާބުދާރީ ކުރުވުމަށް އެކުލަވައިލާން ޖެހޭ ގަވައިދުތަކާއި، އުސޫލުތަކާއި، ނިޒާމުތައް އެކުލަވައިލުމާއި، އެކަންކަމާގުޅޭގޮތުން ނެރޭން ޖެހޭ އަމުރުތައް ނެރުމާއި، އަޅާން ޖެހޭ ފިޔަވަޅުތައް އެޅުމަކީ ހޯމްލޭންޑް މިނިސްޓަރުގެ މަސްއޫލިއްޔަތެއްކަަމަށް ވެސް ރިޕޯޓްގައި ވެއެވެ.
އެހެންކަމުން އެ މަސްއޫލިއްޔަތު އެންމެ ފުރިހަމައަށް އަދާކުރުމަށް މިހާރު އެކުލަވައިލައިފައިވާ ގަވައިދުތަކާއި އުސޫލުތައް މުރާޖައާކޮށް، އެ ގަވައިދުތަކާއި އުސޫލުތަކަށް ގެންނާން ޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތްތައް ކުރަން ރޭވިފައިވާ ގޮތާއި މަސައްކަތް ނިމޭނެކަމަށް ލަފާކުރެވޭ މުއްދަތު ހިމެނޭހެން ޓައިމްލައިނެއް ތައްޔާރުކޮށް ކޮމިޓީއަށް ހުށަހަޅަންވެސް އެ ރިޕޯޓްގައި ވަނީ އަންގައިފައެވެ.
ހޯމްލޭންޑް މިނިސްޓްރީއަށް މިކަންކަން އެންގީ ފުލުހުންނާއި ކަސްޓަމްސްގެ ބެލެނިވެރި ފަރާތަކީ އެ މިނިސްޓްރީ ކަމަށްވާތީއެވެ.
އިބްރާހިމް ޒަކީ
241 ކޮމެޓީ
241 ކޮމެޓީ
241 ކޮމެޓީ
241 ކޮމެޓީ
ނުބައި، ކަސްޓަމްސްގެ ބެލެނިވެރި ފަރާތަކީ ހޯމްލޭންޑް މިނިސްޓްރީއެއް ނޫން.
ޒަކީ - 8 މަސް ކުރިން