ރައްޔިތުންގެ މަޖިލީހުގެ ބައެއް ކޮމީޓީތަކަށް ބަދަލު ގެނެސްފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ރިޔާސަތުގައި އިންނެވި، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އިއުލާން ކުރެއްވި ބަދަލުތަކުގެ ތެރެއިން، ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީގައި ޕީއެންސީގެ ފަރާތުން ހިމެނިވަޑައިގެންނެވި ށ. ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހުގެ ބަދަލުގައި އެ ކޮމީޓީއަށް ގއ. ވިލިގިނލި ދާއިރާގެ މެންބަރު އާޒިމް އަބްދުލް އަޒީޒު ވަނީ ހަމަޖައްސަވައިފައެވެ.
އަދި ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ)ގައި ޕީއެންސީގެ ފަރާތުން ހިމެނިވަޑައިގެންނެވި ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން މަރުޒޫގުގެ ބަދަލުގައި އެކޮމިޓީއަށް ފުވައްމުލަކު މެދު ދާއިރާގެ މެންބަރު އަލީ ފަޒާދު ވަނީ ހަމަޖައްސަވައިފައެވެ.
މީގެ އިތުރުން ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީގައި ޕީއެންސީގެ ފަރާތުން ހިމެނި ވަޑައިގެންނެވި ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީގެ ބަދަލުގައި މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތާރިގު ހަމަޖެއްސެވުންވެސް މި ބަދަލުތަކުގެ ތެރޭގައި ހިމެނެއެވެ.
އިބްރާހިމް ޒަކީ
ކޮމެންޓް