ކ. ދިއްފުށީ ފިޓްނަސް ސެންޓަރުގެ އަމަލީ މަސައްކަތް ފަށައިފި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ކ. އަތޮޅުގެ ރަށްތަކަށް މިހާރު ފައްޓަވާފައިވާ ދަތުރުފުޅުގައި މިއަދު ދިއްފުށީގައި ބޭއްވި ރަސްމިއްޔާތެއްގައި ފިޓްނަސް ސެންޓަރުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން މިނިސްޓަރު އަބްދުﷲ ރާފިއު އެވެ.
އެ ރަސްމިއްޔާތުގައި އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް (ރިޓަޔާޑް) އަހުމަދު ސައުދީ އާއި ދިއްފުށި ކައުންސިލު މެންބަރުންނާއި ސަރުކާރު އިދާރާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަތެވެ.
އެ މަޝްރޫއުގެ ދަށުން ފިޓްނަސް ސެންޓަރު ގާއިމުކުރުމަށް ހަމަޖެހިފައިވަނީ 4000 އަކަފޫޓުގެ ސަރަހައްދެއްގައެވެ. އެ މަސައްކަތް އެމްޓިސީސީއާ ހަވާލުކުރީ 5.34 މިލިޔަން ރުފިޔާއަށް 240 ދުވަހުން ނިންމާގޮތަށެވެ.
ދިއްފުށި ފިޓްނަސް ސެންޓަރުގެ ދަށުން ކުރުމަށް ނިންމާފައިވާ މަސައްކަތްތައް:
- ކޮނުމާއި ބިންގަނޑު އެއްވަރު ކުރުމުގެ މަަސައްކަތް.
- ކޮންކްރީޓު މަސައްކަތް.
- ފުރާޅުގެ މަސައްކަތް.
- ދޮރާއި ކުޑަދޮރު ހަރުކުރުމުގެ މަސައްކަތް.
- މޭސަނަރީގެ މަސައްކަތް.
- ތަޅުންގަނޑު، ސީލިންގް، ފާރުގެ ފިނިޝިން މަސައްކަތް.
- މެކޭނިކަލް އަދި ކަރަންޓުގެ މަސައްކަތް.
- ޕްލަންބިން މަސައްކަތް.
- ނަންބޯޑު ހަރުކުރުން.
ފާތިމަތު ލިއުޝާ
ކ. ދިއްފުށި
ކ. ދިއްފުށި
ކ. ދިއްފުށި