ސިނަމާލެ ބްރިޖު މާލެއިން ހުޅުމާލެއަށް ދަތުރުކުރާ ފަޅީގައި ސައިކަލަކާއި ކާރެއް ޖެހި އެކްސިޑެންޓެއް ހިނގައިފިއެވެ.
ފުލުހުން ބުނީ މިރޭ 10:17 ހާއިރު އެ އެކްސިޑެންޓުގެ މައްސަލަ ރިޕޯޓުކޮށްފައިވާ ކަމަށެވެ. އެ އެކްސިޑެންޓް ހިނގާފައިވަނީ ސައިކަލުގެ ފަހަތުން އައި ކާރެއް ޖެހިގެން ކަމަށެވެ.
އެ އެކްސިޑެންޓުގައި ސައިކަލުގައި ތިބި ދެ އަންހެނުންނަށް އަނިޔާވެފައިވާ ކަމަށާއި އެމީހުންނަށް ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާދެމުންދާ ކަމަށެވެ. ނަމަވެސް އެމީހުންނަށް ސީރިއަސް އަނިޔާތަކެއް ނުލިބޭ ކަމަށެވެ.
ފުލުހުން ބުނީ އެ އެކްސިޑެންޓާ ގުޅިގެން ކާރު ދުއްވަން އިން މީހާގެ ލައިސަންސް ހަފަހައްޓައި އެ މައްސަލަ ފުލުހުން ތަހުގީގުކުރަމުންދާ ކަމަށެވެ.
އާއިޝަތު މާހާ
މަގުމަތީގެ އެކްސިޑެންޓް
މަގުމަތީގެ އެކްސިޑެންޓް
މަގުމަތީގެ އެކްސިޑެންޓް
މަގުމަތީގެ އެކްސިޑެންޓް