ޅ. އޮޅުވެލިފުށީގެ ތަރައްގީގެ ތިން މަޝްރޫއެއް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްފި އެވެ.
އޮޅުވެލިފުށީގެ ތަރައްގީގެ ތިން މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ ކ. އަތޮޅުގެ ބައެއް ރަށްތަކާއި ޅ. އަތޮޅުގެ ރަށްތަކަށް ކުރައްވާ ދަތުރުފުޅެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ފެއްޓެވި ދަތުރުފުޅުގައި، އޮޅުވެލިފުއްޓަށް ވަޑައިގެން ބޭއްވި ރަސްމިއްޔާތުގައެވެ.
ކޮންސްޓްރަކްޝަން ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީން އެމްޓީސީސީއާ ހަވާލުކުރީ އޮލުވެލިފުށި ބިންހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމާއި އެ ރަށުގެ އޮޑިއެހެލާ ސަރަހައްދު ތަރައްގީ ކުރުމަށެވެ.
އެ ރަސްމިއްޔާތުގައި މި ތިން މަޝްރޫއުގެ މަސައްކަތު އެއްބަސްވުމުގައި ކޮންސްޓްރަކްޝަން ހައުސިން އެންޑް އިންފްރާސްޓްރަކްޗާގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު އަބްދުﷲ މުއްތަލިބް އެވެ. އެމްޓީސީސީގެ ފަރާތުން މަސައްކަތު އެއްބަސްވުމުގައި ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް (ރިޓަޔާޑް) އަހުމަދު ސައުދީއެވެ.
މި މަޝްރޫއުތައް އެމްޓީސީސީއާ ހަވާލުކޮށްފައިވާއިރު، މިއަދު އޮޅުވެލިފުށީގައި އެމްޓީސީސީން ވަނީ އެރަށު ބަނދަރު ތަރައްގީ ކުުރުމުގެ މަސައްކަތް ފަށާފައެވެ.
ފާތިމަތު ލިއުޝާ
ޅ. އޮޅުވެލިފުށި
ޅ. އޮޅުވެލިފުށި
ޅ. އޮޅުވެލިފުށި
ޅ. އޮޅުވެލިފުށި