ފޮނަދޫ މެދުއަވަށު ސްޕޯޓްސް ކްލަބު (އެފްއެމްއެސްސީ) އިން ބާއްވާ ލ. އަތޮޅުގެ އެންމެ ބޮޑު ފުޓްސަލް މުބާރާތް، ޕަސްކުއާލް ފޮނަދޫ ޔޫތު ފުޓްސަލް ޗެލެންޖް 2025 މިއަދު ފަށަން ތައްޔާރުވެއްޖެއެވެ.
މިއަހަރުގެ މުބާރާތުގައި ޖުމުލަ 13 ޓީމަކުން ވާދަކުރާ އިރު، ގްރޫޕް ސްޓޭޖު ކުރިއަށްދާނީ ހަތަރު ގްރޫޕެއްގެ މެދުގައެވެ.
ފޮނަދޫ ޔޫތު ފުޓްސަލް ޗެލެންޖްގެ ގްރޫޕްތައް
- ގްރޫޕް އޭ: ފޮއެމަތި، ފޮއެމަތި ޖޫނިއާ، ކަންމަތި އެސްސީ، ލާމު ބްލޫސް
- ގްރޫޕް ބީ: މާހިންނަ ޔުނައިޓެޑް، އައުޓްރީފް އެސްސީ، ލެކްރޯސް އެސްސީ
- ގްރޫޕް ސީ: ކަންމަތި އެފްސީ، ބެސްޓް، ޔޫތު އެކަޑެމީ
- ގްރޫޕް ޑީ: ޖީ ސްޓާ އެސްސީ، ބީޖީއެސްސީ، ގޯޅިއަންސް
މިފަހަރުގެ މުބާރާތް ކުރިން ފަށަން އޮތީ މިމަހުގެ 23 ވަނަ ދުވަހުގެ ރޭ ނަމަވެސް މުބާރާތް ފަސްކޮށްފައި ވަނީ ވިއްސާރަވުމުގެ ސަބަބުން ލޮޖިސްޓިކް މައްސަލަތެއް ދިމާވެގެންކަމަށް އިންތިޒާމުކުރާ ފަރާތުން ވަނީ މައުލޫމާތު ދީފައެވެ.
މި ފަހަރުވެސް ޗެމްޕިއަން ޓީމަށް 50،000 ރުފިޔާގެ ފައިސާގެ އިނާމެއް ދޭން މެދުއަވަށު ސްޕޯޓްސް ކްލަބުން ނިންމައިފައިވާ އިރު، މުބާރާތަކީ ލ. އަތޮޅުގެ އެންމެ އަގުބޮޑު މުބާރާތެވެ.
ކުރިއެކޭ އެއްގޮތަށް މިފަހަރުގެ މުބާރާތުންވެސް ރާއްޖޭގެ ނަން މަޝްހޫރު ތަރިން ފެނިގެންދާނެއެވެ. ކޮންމެ ޓީމެއްގައިވެސް އަތޮޅުން ބޭރުގެ ހަތަރު ކުޅުންތެރިން ހިމަނަން ފުރުސަތު ދީފައިވާ އިރު، އެ ބަދަލު ގެނެސްފައި ވަނީ މުބާރާތް ފުޅާކޮށް، މުބާރާތުގެ ފޯރި އިތުރަށް ގަދަކުރެވޭނެ ގޮތަކަށް ހަދަން ކަމަށްވެސް އެފްއެމްއެސްސީން ވަނީ މައުލޫމާތު ދީފައެވެ.
މިއީ ފޮނަދޫ ޔޫތު ފުޓްސަލް ޗެލެންޖުގެ ހަވަނަ މުބާރާތެވެ. މީގެ ކުރިން ބޭއްވި ހުރިހާ މުބާރާތްތައްވެސް ފެނުނީ ވަރަށް ފޯރިގަދަކޮށެވެ. ހާއްސަކޮށް ލ. އަތޮޅުގެ ގިނަ ކުޅުންތެރިންތަކެއްވެސް ފޮނަދޫ ފުޓްސަލް ޗެލެންޖުން ވަނީ ވިދާލައިފައެވެ. މުބާރާތް ލ. އަތޮޅުގެ ކުޅުންތެރިންނަށް ހާއްސަކޮށްފައި އޮންނަ އިރު، ކޮންމެ ޓީމެއްގައިވެސް ރާއްޖޭގެ އެހެން އަތޮޅަކަށް ނިސްބަތްވާ ހަތަރު ކުޅުންތެރިޔަކު ހިމެނުމަށް ފުރުސަތު ދީފައިވެއެވެ.
ފޮނަދޫ ޔޫތު ފުޓްސަލް ޗެލެންޖްގެ ޓައިޓަލް ސްޕޮންސަރަކީ ޕަސްކުއާލް އެވެ.
މުޙައްމަދު ޝަމްޢޫން
ފޮނަދޫ ޔޫތު ފުޓްސަލް ޗެލެންޖް
ފޮނަދޫ ޔޫތު ފުޓްސަލް ޗެލެންޖް
ފޮނަދޫ ޔޫތު ފުޓްސަލް ޗެލެންޖް
ފޮނަދޫ ޔޫތު ފުޓްސަލް ޗެލެންޖް