ދިރާގު ދިވެހި ޕްރިމިއާ ލީގު ފަސްވަނަ ހަފުތާގައި ކުޅުނު ފުރަތަމަ މެޗުގައި މިއަދު ހަވީރު ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ކްލަބު ގްރީން ސްޓްރީޓްސް ކޮޅަށް ފަސް ގޯލް ޖަހައިފިއެވެ.
މިއަދު ގައުމީ ދަނޑުގައި ކުޅުނު މެޗުގައި މާޒިޔާއިން ގްރީން ސްޓްރީޓްސް ބަލިކުރީ 9-0 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. މިއަދުގެ މެޗުގެ ނަތީޖާއަކީ މިހާތަނަށް މި ސީޒަނުގެ ލީގުގައި ފެނިގެންދިޔަ އެންމެ ތަފާތު ބޮޑު ނަތީޖާއެވެ.
މިއަދުގެ މޮޅާއެކު މާޒިޔާއަށް އެއްވަނަ ލިބެނީ ފަސް މެޗުން 15 ޕޮއިންޓާއެކުގައެވެ. މާޒިޔާގެ ފައިދާ ގޯލްވެސް މިހާރު އޮތީ ތަފާތު ބޮޑުކޮށެވެ. ދެވަނައިގައި އޮތް ނިއު ރޭޑިއަންޓް މިހާތަނަށް ކުޅުނު ހަތަރު މެޗުން މޮޅުވެ، 12 ޕޮއިންޓާއެކު އޮތް އިރު، މިހަފުތާ އީގަލްސް ކައިރިން ތަފާތު ބޮޑުކޮށް މޮޅުވެގެން ނޫނީ އެއްވަނައަކަށް ނޭރޭނެއެވެ.
މާޒިޔާއިން ވަނީ މެޗުގެ ފުރަތަމަ ހާފުގައިވެސް ފަސް ގޯލް ޖަހައިފައެވެ. ސާޖިއޯ މެންޑީ އެޓީމަށް ފުރަތަމަ ގޯލް ޖަހައިދިން އިރު، އޭގެ ހަމިނެޓް ފަހުން ހަމްޒާ މުހައްމަދު (ހަމްޕު) ވަނީ އިތުރު ގޯލެއް ޖަހައިފައެވެ. އެއީ ހިތްގައިމު ގިލޭ ޖެހުމަކުންނެވެ.
ހާފު ނިމުމުގެ ކުރިން ނާއިޒް ހަސަން (ދާދު)ގެ ގޯލަކާއި މެންޑީގެ އިތުރުން ލުއިސް ޕައުލޯ ރޮޗާގެ ގޯލެއް ފެނިގެން ދިޔައެވެ.
ދެވަނަ ހާފުގައި މާޒިޔާގެ ގޯލްތައް ޖަހައިދިނީ އިބްރާހީމް އައިސަމް (ޓޮނީ) އާއި މުހައްމަދު އިލާން އިމްރާނެވެ. އިލާން ވަނީ ބަދަލަކަށް ނުކުމެ، ދެ ގޯލް ޖަހައިދީފައެވެ.
ދިވެހި ޕްރިމިއާ ލީގު
ދިވެހި ޕްރިމިއާ ލީގު
ދިވެހި ޕްރިމިއާ ލީގު
ދިވެހި ޕްރިމިއާ ލީގު