އުރީދޫގެ ކަސްޓަމަރުންނަށް އަންނަ އަހަރުގެ ދޯހާ މެރަތަން 2026 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އުރީދޫން މިއަދު ބުނީ މި މެރެތަންގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން އަަންނަ މަހު 24ގެ ކުރިން ރަޖިސްޓްރީވާން ޖެހޭނެ ކަމަށެވެ. އެ މެރެތަންގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް އުރީދޫގެ ވެބްސައިޓް މެދުވެރިކޮށް ބައިވެރިވެވޭނެ ކަމަށެވެ.

ދޯހާ މެރެތަން 2026 ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ޖެނުއަރީ 16ގައި ގަތަރުގައެވެ. އުރޫދޫ ކަސްޓަމަރުންގެ ތެރެއިން 15 ނަސީބުވެރިޔަކަށް އެ ދުވުމުގައި ބައިވެރިވުމުގެ ފުރުސަތު ލިބިގެންދާނެއެވެ. މި މެރެތަންގައި ބައިވެރިވެވޭނީ:

  • މީގެ ކުރިން 10ކޭ/ ހާފް މެރެތަންއެއް ނުވަތަ މެރެތަންއެއް ދުވެފައިވުން
  • ގަތަރަށް އެތެރެވުމުގެ ޝަރުތުތައް ފުރިހަމަވާ ދިވެހި ޕާސްޕޯޓެއް އޮތުން