ލަވަކިޔުންތެރިޔާ މަރްޔަމް މައީޝާ (ރާޅު މަރިޔަނބު)، އޭނާގެ ދަރިފުޅަށް އިހުމާލުވާ ކަމަށްބުނެ މީހަކު ކުރި ރިޕޯޓަކާ ގުޅިގެން ޖެންޑާ މިނިސްޓްރީން މައިޝާގެ ގެއަށްދިޔަ އޭނާގެ ދަރިއަކު ނުހުންނަކަން މިނިސްޓްރީއަށް އެނގިއްޖެއެވެ.
މައީޝާ މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ މިއަދު ޖެންޑާ މިނިސްޓްރީން އޭނާގެ ދައްތައަށް ވަނީ ގުޅައިފައެވެ. އަދި މިނިސްޓްރީން ވަނީ މައީޝާ އޭނާގެ ދެ އަހަރުގެ ދަރިފުޅަށް އިހުމާލުވަމުންދާތީ ދަރިފުޅު މިނިސްޓްރީގެ ބެލުމުގެ ދަށަށް ގެންދަން ބޭނުން ކަމަށް ދައްތަ ކައިރީގައި ބުނެފައިކަމަށް މައީޝާ ބުންޏެވެ.
ޖެންޑާ މިނިސްޓްރީއަށް އެ ރިޕޯޓް ދީފައިވަނީ ކާކުކަން ނޭނގޭ ގޮތަށްކަމަށް މައީޝާ ބުންޏެވެ.
"އެ މީހުން (މިނިސްޓްރީން) އަޅުގަނޑާ މުއާމަލާތެއް ނުކުރޭ، އަޅުގަނޑުގެ ދައްތައަށް ގުޅީ. އެހެންވެ އަޅުގަނޑު ވަނީ ގުޅައި (މިނިސްޓްރީއަށް) އެކަން ސާފުކޮށްދިނުމަށް ގުޅައިފަ، ނަމަވެސް އެ މީހުން ފޯނެއް ނުނަގާ. އެފަހުން އަޅުގަނޑަށް ލިބުނީ ދައްތަގެ ފަރާތުން ފޯން ކޯލެއް، އެ މީހުން (މިނިސްޓްރީ) މީހުން ގޭގައި ތަހުގީގުކުރަން އައިސްތިބި ކަމަށް" މައީޝާ ބުންޏެވެ.
"އަޅުގަނޑުގެ ދަރިއެއް ނުހުންނާނެ"
މައީޝާ ބުނީ މިއީ ސީރިއަސް ތުހުމަތުތަކެއް ކަމަށާއި މިކަމާ ގުޅޭ އިތުރު މައުލޫމާތު ވަރަށް އަވަހަށް ހާމަކުރާނެ ކަމަށެވެ.
މިނިސްޓްރީ އޮފް ޖެންޑާ ފެމިލީ އެންޑް ސޯޝަލް ސާވިސެސް
މިނިސްޓްރީ އޮފް ޖެންޑާ ފެމިލީ އެންޑް ސޯޝަލް ސާވިސެސް
މިނިސްޓްރީ އޮފް ޖެންޑާ ފެމިލީ އެންޑް ސޯޝަލް ސާވިސެސް
މިނިސްޓްރީ އޮފް ޖެންޑާ ފެމިލީ އެންޑް ސޯޝަލް ސާވިސެސް