އިސްލާމިކް މިނިސްޓްރީގެ އިރުޝާދު ހިނގާގޮތަށް ގާނޫނުގެ ދަށުން ހައްޖު ކޯޕަރޭޝަން އުފައްދަން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އެދިވަޑައިގެންފިއެވެ.
މިނިސްޓަރު ޝަހީމް މިގޮތަށް އެދިވަޑައިގެންނެވީ ހައްޖު ކޯޕަރޭޝަންގެ މަސައްކަތްތަކާ ގުޅޭގޮތުން ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.
މިނިސްޓަރު ވިދާޅުވީ، ހައްޖު ކޯޕަރޭޝަނަކީ ހައްޖުގެ ކަންތައްތަކުގައި ފެންވަރު ރަނގަޅު ހިދުމަތެއް ދިނުމުގެ ވަރަށް މަތިވެރި މާތް މަގުސަދެއްގައި އުފެއްދި ތަނެއް ކަމަށެވެ.
ނަމަވެސް އެއީ ކުންފުންޏެއްކަމުން ލައިން މިނިސްޓްރީގެ ހައިސިއްޔަތުން ހައްޖާ ބެހޭ ކަންކަން ރަނަގޅު މަގުން ގެންދިއުމުގައި މިނިސްޓްރީން އަންނަނީ އެތަނަށް ފުރިހަމަ އިރުޝާދު ދެމުން ކަމަށްވެސް ވިދާޅުވިއެވެ.
ނަަމަވެސް މިނިސްޓަރު ވިދާޅުވީ، ހައްޖު ކޯޕަރޭޝަންގެ ބޯޑުން ނިންމާ، އެ ކުންފުނީގެ އެތެރޭގެ ނިންމުންތަކަށް މިނިސްޓްރީގެ ބާރު ނޯންނަ ކަމަށެވެ.
"އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއެއް އޮވެ، އެކި ދުވަސްވަރު ރާއްޖޭގައި ގާއިމުވި ސަރުކާރުތަކުން ހައްޖު ކޯޕަރޭޝަންގެ މައްޗަށް އޮންނަ މިނިސްޓްރީގެ ބާރުތައް ވަނީ ހަނިކޮށްފަ، ހާއްސަކޮށް ވޭތުވެދިޔަ ސަރުކާރުގެ ފަސްއަހަރު ތެރޭގައި ހައްޖު ކޯޕަރޭޝަންގެ ބޯޑުގައި އިންނަ މިނިސްޓްރީ ތަމްސީލުކުރާ މަންދޫބު ނުއިންނަގޮތަށް ހައްޖު ކޯޕަރޭޝަންގެ އަސާސީ ގަވާއިދު ވަނީ ބަދަލުކޮށްފަ، މިއީ ރައްޖޭގެ ހައްޖުގެ ނިޒާމަށް ގެނައި ވަރަށް ނުބައި ބަދަލެއް، މިކަމުގެ ސަަބަބުން ހައްޖު ކޯޕަރޭޝަން ކުރިއަށް ގެންދިއުމުގައި ވަނީ ހުރަސްތަކެއް ކުރިމަތިވެފައި،"
ހައްޖު ކޯޕަރޭޝަންގެ ބޯޑުގައި އިސްލާމިކް މިނިސްޓްރީ ނުހިމެނޭގޮތަށް ބަދަލު ގެނައީ މިދިޔަ ސަރުކާރުން ކަމަށެވެ.
ޝަހީމް ވިދާޅުވީ މިހާރު އޮތް ރައްޔިތުންގެ މަޖިލީހުން އެކަން ބަދަލުކުރަން ޖެހޭ ކަމަށެވެ.
"މިއީ ބަދަލު ކުރަންޖެ ހޭކަމެއް، ކޯޕަރޭޝަންގެ އަސާސީ ގަވާއިދަށް އެފަދަ ބަދަލެއް ނުގެެނެވޭނެ، އެއީ ރައީސްގެ ގަރާރަކުން އުފައްދާފައިވާ މުއައްސަސާއެއް، އެތަނުގެ ބޯޑުގައި އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާ ތަމްސީލުވާން ޖެހޭނެ، ވަރުގަދަ ބޮޑު އަޅުކަމެއް، އިސްލާމީ ހަމަތަކުގެ މަތިން ކުރިއަށް ގެންދެވޭ މުހިއްމު ނިޒާމަކުން އިސްލާމިކް މިނިސްޓްރީ ބޭރުކުރަން ނިންމި ނިންމުން ކުށްވެރިކުރަން،"
އެހެންކަމުން އެކަން ބދަލުކޮށް އެކަން ހަމަމަގަށް އެޅުވުމަކީ މަޖިލިސް މެންބަރުން ކުރަން ޖެހޭ ކަމެއް ކަމަށްވެސް ޝަހީމް ވިދާޅުވިއެވެ.
"މިހާރު ސަރުކާރުން އެކުލަވާލަމުންދާ ގާނޫނުތައް އެހެނިހެން އިސްލާމީ ގައުމުތަކުގައި ވެެސް އޮންނަ ގޮތަށް، މެލެޝިޔާގަވެސް އޮންނަގޮތަށް، އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާގެ ފުރިހަމަ އިރުޝާދު ހިނގާގޮތަށް ހައްޖު ކޯޕަރޭޝަން ގާނޫނެއްގެ ދަށުން ސިޔާސީ ކުލަ ނުޖެހި ކޮންމެ ސަރުކާރެއްގެ ދުވަސްވަރުވެސް މިކަން ރަނގަޅަށް ހިނގާނެ ގޮތް ގާނޫނެއްގެ ދަށުން ތަރުތީބު ކުރުން،"
މިނިސްޓަރު ވިދާޅުވީ އިސްލާމިކް މިނިސްޓްރީގެ ނުފޫޒާއި ބާރު ހައްޖު ކޯޕަރޭޝަންގެ މައްޗަށް އޮންނަ ގޮތަށް ގާނޫނުގެ ބިލެއް ޑްރާފްޓް ކުރައްވަމުން ގެންދަވާ ކަމަށެވެ.
އިބްރާހިމް ޒަކީ
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު