ގޫގުލް ވޯކްސްޕޭސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ތައާރަފުކުރުމަށް އުރީދޫ މޯލްޑިވްސް އިން ގޫގުލް ކްލައުޑާ އެކު ޕާޓްނަރޝިޕެއް ހަދައިފިއެވެ.
ގޫގުލް ވޯކްސްޕޭސް އަކީ ކްލައުޑް ބޭސްޑް ޕްލެޓްފޯމެކެވެ.
ޖީމެއިލް މެދުވެރިކޮށް ޕްރޮފެޝަނަލް އީމެއިލް، ގޫގުލް ޑްރައިވް މެދުވެރިކޮށް ރައްކާތެރި ކްލައުޑް ސްޓޯރޭޖް، ގޫގުލް ޑޮކްސް، ގޫގުލް ޝީޓްސް އަދި ގޫގުލް ސްލައިޑްސް ފަދަ ކޮލަބްރޭޓިވް ޓޫލްސްތަކުގެ އިތުރުން ގޫގުލް ކަލަންޑަރާ އެކު ޝެޑިއުލް ކުރުމާއި ގޫގުލް މީޓް އަދި ގޫގުލް ޗެޓް މެދުވެރިކޮށް ވާޗުއަލް މީޓިންތައް މެދުވެރިކޮށް ވިޔަފާރިތައް އިތުރަށް ހަރުދަނާ، އަވަސް އަދި ރައްކާތެރިކަމާއެކު ކުރިއަށް ގެންދެވޭނެ އެވެ.
މި އިނީޝިއޭޓިވްގެ ސަބަބުން އުރީދޫން ވިޔަފާރިތަކަށް އުފެއްދުންތެރިކަމާއި އެފިޝިއެންސީ އަދި ޓީމް ވޯކް އިތުރުކޮށްދިނުމާއި އީޖާދީ ޑިޖިޓަލް ސޮލިއުޝަންތައް ފޯރުކޮށްދިނުމަށް އުރީދޫން ކުރަމުން އަންނަ އަހަންމިއްޔަތު ދައްކުވައިދޭ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.
ކުންފުނިތަކަށް ލިބޭ ފައިދާ
• ޕާސަނަލައިޒްޑް ބިޒްނަސް އީމެއިލް: ޕްރޮފެޝަނަލް، ބްރޭންޑެޑް އީމެއިލް އެޑްރެސްތަކާ އެކު ކްރެޑިބިލިޓީ ގާއިމްކުރުން.
• ކޮލަބަރޭޝަން ރަނގަޅުކުރުން: ޑޮކިއުމެންޓްސް، ސްޕްރެޑްޝީޓް، އަދި ޕްރެޒެންޓޭޝަންތައް ކޮންމެ ތާކުން ވެސް ރިއަލްޓައިމްގައި އެއްބާރުލުންދިނުން.
• ސެކިއުރިޓީ ކްލައުޑް މެނޭޖްމަންޓް: އިންޓެގްރޭޓެޑް ސެކިއުރިޓީ އަދި ކޮމްޕްލަޔަންސް އެކުލެވިގެންވާ ޑިޕެންޑަބަލް، ކްލައުޑް ބޭސްޑް ޓޫލްސް.
• ސްމޫތު ޕްރޮޑަކްޓިވިޓީ: ޖީމެއިލް، މީޓް، ޑްރައިވް، ޑޮކްސް އަދި އެނޫންވެސް ވަސީލަތްތަކަށް ފަސޭހަކަމާއެކު ބަދަލުވުން.
• ރިމޯޓްކޮށް މަސައްކަތް ކުރުން: ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އެންމެ އެކަށޭނަ އަދި އެފިޝަންޓް ކަމާއެކު މަސައްކަތް ކުރުމާއި ކުދި އޮފީސްތަކާއި ބޮޑެތި ވިޔަފާރިތަކަށް މި ފުރުސަތު ވަނީ ހުޅުވާލާފައި.
• ލޯކަލް ބިލް އެންޑް އެސިސްޓެންސް: އުރީދޫ މޯލްޑިވްސް މެދުވެރިކޮށް ރަޖިސްޓްރޭޝަން، ފްލެކްސިބަލް ލައިސަންސިން، ކޮމްޕެޓިޓިވް ރޭޓް، އަދި ރިލަޔަބަލް ލޯކަލް ސަޕޯޓްގެ ފައިދާ.
"އުރީދޫގެ އަމާޒަކީ މިހާރުގެ ޑިޖިޓަލް މާހައުލުގައި ރާއްޖޭގެ ވިޔަފާރިތައް ކާމިޔާބުވުމަށް އެހީތެރިވެދިނުން. ގޫގުލް ވޯކްސްޕޭސް ފަދަ ލީޑިން ޓޫލްސްތައް ރާއްޖޭގެ ކަސްޓަމަރުންނަށް ފޯރުކޮށްދީ، ކުންފުނިތަކުގެ މަސައްކަތްތައް ކުރާ ގޮތް ބަދަލުކޮށް، އެފިޝިއެންސީ އިތުރުކޮށް، ކަނެކްޓިވިޓީ ހަރުދަނާ ކުރަމުން ގެންދަނީ. މިއީ ޓެކްނޮލޮޖީއަށް ވުރެ މާ ބޮޑު ކަމެެއް. އެއީ ވާދަވެރި ދުނިޔޭގައި ހުރިހާ ސައިޒެއްގެ ވިޔަފާރިތަކަށް ހަގީގީ އަގު ހޯދައިދީ، އެ ވިޔަފާރިތަކުގެ ކުރިއެރުމާއި، އީޖާދީ އަދި ކާމިޔާބީއަށް އެއްބާރުލުން ދިނުން." އުރީދޫ މޯލްޑިވްސްގެ ސީއީއޯ އަދި އެމްޑީ ޚާލިދު އަލް ހައްމާދީ ވިދާޅުވިއެވެ.
"ގޫގުލް ވޯކްސްޕޭސްއާ އެކު އުރީދޫ ބިޒްނަސް މެދުވެރިކޮށް ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކާއި ސްޓާޓްއަޕް އަދި ބޮޑެތި ކުންފުނިތައް ހިމެނޭ ގޮތަށް ގުޅިގެން މަސައްކަތް ކުރާނެ ގޮތް ބަދަލުކޮށްލައި، މަގުސަދުތައް ހާސިލު ކުރުމަށް މަގުފަހިކޮށްދޭނެ އެވެ. މި ގްލޯބަލް ސޮލިއުޝަން އެއްކޮށްލައިގެން، ރާއްޖޭގެ ވިޔަފާރިތަކަށް ޑިޖިޓަލް ޓްރާންސްފޯމޭޝަނަށް އިތުބާރުކޮށް އެހީތެރިވެދޭނަން." އުރީދޫ މޯލްޑިވްސްގެ ޗީފް ބިޒްނަސް އޮފިސަރު، ރާޖޭޝް މެހެތާ ވިދާޅުވިއެވެ.
ގޫގުލް ވޯކްސްޕޭސް ތައާރަފުކުރުމުގެ ސަބަބުން އުރީދޫ މޯލްޑިވްސް އިން ވިޔަފާރިތަކަށް ހާއްސަ ގޫގުލް ވޯކްސްޕޭސް ޕްލޭންތައް ލިބިގެންދާނެއެވެ. މި އިނީޝިއޭޓިވްގެ ސަބަބުން ރާއްޖޭގެ ވިޔަފާރިތަކަށް ކުރިއަރަމުން އަންނަ ޑިޖިޓަލް އިކޮނޮމީގައި ވާދަވެރި، މުސްތަގުބަލަށް ތައްޔާރުވުމަށް އެހީތެރިވެދެއެވެ.
ފާތިމަތު ލިއުޝާ
އުރީދޫ
އުރީދޫ
އުރީދޫ
އުރީދޫ