ރޭ ފަތިހު މާލެއިން ފުރައިން ކ. އެރިޔަދޫއަށް ދަތުރުކުރަމުން ދިޔަ ކޮޅުވެއްޓި ބަންޑުން ޖަހާލިއިރު އެއިން ދަތުރުކުރި ދެ މީހަކު ތިބީ އެކްސްކަވޭޓަރެއްގެ ތެރޭގައިކަމަށް މެރިން ފުލުހުން ބުނެފިއެވެ.
ރޭ ފަތިހު 4:44 ގައި ކޯސްގާޑު މީޑިއާއިން ބުނިގޮތުގައި ބަންޑުން ޖަހާލާފައިވަނީ މާލެއިން ފުރައިގެން އެރިޔަދޫއަށް ދަތުރުކުރި "އަލްމާކް-ފިޔަ" ނަމަކަށް ކިޔާ 100 ފޫޓުގެ ކޮޅުވެއްޓިއެކެވެ. އެއިން ހަތް މީހަކު ދަތުރުކުރިއެވެ.
ފުލުހުން މިއަދު "ވަން"އަށް ބުނީ ބަންޑުން ޖަހާލި ކޮޅުވެއްޓިން ގެއްލިގެން ހޯދަމުންދިޔަ ތިން މީހުންގެ ތެރެއިން އެކަކު ފެނިފައިވާ ކަމަށާއި އެ މީހާ ފެނިފައިވަނީ މަރުވެފައި އޮއްވާ ކަމަށެވެ. އަނެއް ދެމީހުން އަދި ނުފެންނަ ކަމަށްވެސް ބުންޏެވެ.
މެރިން ފުލުހުން ފޭސްބުކުގައިކުރި ޕޯސްޓެއްގައި ބުނީ ބަންޑުން ޖަހާލިއިރު ގެއްލުނު ތިން މީހުންގެ ތެރެއިން ދެ މީހަކު ތިބީ ކޮޅުވެއްޓީގައި އޮތް އެކްސްކަވޭޓަރެއްގެ ތެރޭގައިކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.
ގެއްލުނު ތިން މީހުންގެ ތެރޭގައި ހިމެނެނީ ދިވެއްސަކާއި އިންޑިއާ މީހަކާއި ލަންކާ މީހެއް ކަމަށް ފުލުހުން ބުންޏެވެ.
މުހައްމަދު އިޝާން
ކަނޑުމަތީގެ ހާދިސާތައް
ކަނޑުމަތީގެ ހާދިސާތައް
ކަނޑުމަތީގެ ހާދިސާތައް