ށ. މިލަންދޫ އިސްލާމީ މަރުކަޒުގެ ބިންގާ އަޅައިފި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ށ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު މިލަންދޫއަށް ވަޑައިގެން ބޭއްވި ރަސްމިއްޔާތުގައި އިސްލާމީ މަރުކަޒުގެ ބިންގާ އަޅުއްވައިދެއްވީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އެވެ.
އެ ރަސްމިއްޔާތުގައި ކެބިނެޓު މިނިސްޓަރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި އެމްޓީސީސީގެ މެނޭޖިން ޑައިރެކްޓަރު، (ޑީސީޕީ ރިޓަޔަރޑް) އަހުމަދު ސައުދީއާއި މިލަންދޫ ކައުންސިލްގެ މެންބަރުންނާއި ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
ޒަމާނީ ފެންވަރަށް ތައްގީ ކުރުމަށް ހަމަޖެހިފައިވާ މިލަންދޫ އިސްލާމީ މަރުކަޒުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ 24.99 މިލިޔަން ރުފިޔާއަށް 720 ދުވަހުން ނިންމާގޮތަށެވެ.
އެ މަރުކަޒުގެ މަސައްކަތް ނިމިގެންދާއިރު 300 މީހުންގެ ޖާގައިގެ ކޮންފަރެންސް ހޯލަކާއި 700 މީހުންގެ ނަމާދުކުރާ ހޯލަކާއި ލައިބްރަރީއަކާއި ހަތަރު ކުލާސްރޫމާއި އިމާމު ރޫމަކާއި އޮފީސް ބައެއްގެ އިތުރުން ސޯލާ ހަރުކޮށް، އޭސީ ކުރުމާއި ހިނަވާގެއެއް ހުންނާނެ ކަމަށް އެމްޓީސީސީން ބުނެއެވެ.
ފާތިމަތު ލިއުޝާ
ށ. މިލަންދޫ
ށ. މިލަންދޫ
ށ. މިލަންދޫ